ލިރިކްސް

ކިޔުންތެރިން

އަލްބަމް

ޅެންވެރިން

90601400059341000

ސައިޓަށް ފައިސާގެ އެހީ ދެއްވުމަށް!

ފަސް ރުކުން

ކަނުލާ ކަންފަތުން އަޑު މީ އަހާށޭ ކަނު މީ ހިނދެއްކަން ދަނެގެން އުޅޭށޭ ފަސްތަނބުގެ ހިޔާ ދަށުގާ އުޅޭށޭ ފަސްމަތީ ހުރިހާ ހިނދުގާ އުޅޭށޭ ލޯބި ލޯބި ދޫންޏާ ކިޔާ މެ ޝަހާދަތް ހިތުދަސް ކުރާށޭ ނަޔާ އެ މައުނަވެސް އަދުދަސް ކުރާށޭ ނަމާދު ފަސްއިރައް އަދަޔައް ކުރާށޭ ނަމާދު ފަސްކުރަން ހިތުގާ ނުލާށޭ ޒަކާތު މިންވަރެއް ދީގެން އުޅޭށޭ ޒަކާތް މެ ދޭހިނދު ހެޔޮހިތް ކުރާށޭ ރަނާ ރިހިން ދިނަސް ދެއްކެން ނުދޭށޭ ސަނާ އެ ހަސްތީން ހޯދަން މެދޭށޭ ރޯދަމަހުގެ ރޯދަ ހަމަޔައް ހިފާށޭ ރޯދި ބަރަކާތުން ފުރިގެން މެދާނޭ ފޯރާހިނދު ހައްޖު އަޅުކަން ކުރާށޭ ފޯރާހިނދު މާލު ބޭނުން ހިފާށޭ

ކިޔުންތެރިން

ޔާބެ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު