ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ދޮން ކަނބުލޮ ނިދާލާށޭ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ހމހމހމހމ
ލޯބިން ކަނބުލޯ ދޫންޏާ
އަވަހަށް ބޮއްތާލާށޭ
ލޯބިން އުނގުގާ އޮވެގެން
ދޮންކަނބުލޮ ނިދާލާށޭ
ﷲގެ އިސްމު ފުޅުން
ރައްކާތެރިކަން އެދެމުން
ﷲ އެއީ ކަލަކީ
ހުރިހާ ކަމަކަށް ކުޅަދުން
ޙަމްދާއި ޘަނާ ކިޔަމުން
ދޮންކަނބުލޮ ނިދާލާށޭ

ތިޔައީ މިޙަޔާތް އަލިކޮށް
އުންމީދު އުފެއްދި ނިޝާން
ތިޔައީ ދިރި ހުރުމުގެ ރޫޙް
ތިޔައީ ދިރި އުޅުނު ނިޝާން
ޖަޒުބާތުން ހިތް ފުރަމުން
ދޮންކަނބުލޮ ނިދާލާށޭ
ނާދޭ އެއްވެސް ވަގުތެއް
ތި ޚިޔާލާ ހަމަ ދުރުވާ
ނާދޭ ލޯބިން ނުފުރޭ
ފަހަރެއް ހިނިތުން ވީމާ
ލޯބިން ހިތްތައް ފުރަމުން
ދޮންކަނބުލޮ ނިދާލާށޭ

މުޅި ގޭތެރެއިން އިވެނީ
ކަނބުލޮގެ ވާހަކަ އަޑަކަށް
މުޅި ރޭގަނޑުވެސް ޝައުޤުން
ބެލެނީ ތިޔަ ޙަރަކާތަށް
މިހިތަށް ޙަރަކާތް މަދުކޮށް
ދޮންކަނބުލޮ ނިދާލާށޭ
ހމހމހމހމހމ

ކުޅެލާ ދުވެލާ ހީލާ
އެކުގާ ވާހަކަ ބުނެލާ
މުޅި ގޭތެރެއަށް ދިރުމެއް
ގެނުވާ ޒީނަތްކޮށްލާ
ފުރުޞަތު އަވަހަށް އެދެމުން
ދޮންކަނބުލޮ ނިދާލާށޭ

ދަރިފުޅު ރީއްޗަށް ކިޔަވާ
އަޑުހާދަ އަހާ ހިތްވޭ
ތަރިއެއް ފަދައިން ބަބުޅާ
ތަން ހާދަ ދެކޭހިތްވޭ
މިއެދުން ކަނުލާ އަހަމުން
ދޮންކަނބުލޮ ނިދާލާށޭ

ﷲ ގެ ރަޙްމަތްފުޅު
ތިޔަ ނޫރު ވަށައިގެން ވުން
އައްޔާ އަނދިރީގެ ތެރޭން
ނިޢުމަތްތައް ދާއިމްވުން
އެދިގެންނެ ދުޢާ ކުރަނީ
ދޮންކަނބުލޮ ނިދާލާށޭ