އިތުރު ރަސޫލާ ފާޅުވި ޠޯހާ އެންމެ ވިދާ އަލި ނޫރު މާތް ފެންނަނީ އަލިވި ޒަމާނޭ ދުނިޔެއިން ސާފު ނިޝާން ޢާލަމަށް އެންމެމާތް ރަޙުމަތުގެ ހިޔާ ދެއްވެވީ ސާހިބާ ފާޅުވީ ދުނިޔެ އުޖާލާ ވީ އަލިން ހާއުފާ ވެރިވެ ހިތެއްގާ ލިބިދޭ ރީތި އަމާން ޛުލްމުގާ ވިރި އަޅުން އޭގެ އަސަރު ކުރުވާލަމުން ގުލްޝަނަށް ފަރިވަމުން ރީތި ފޮޅޭހާ މާމަލުން ޢަޝްރުގާ އުފެދި ޙަޔާތެއް ހިތްތައް ފަރިވި ޒަމާން މަންޒިލޭ މީއެދޭ އެންމެ މަތީ ފަޚުރެއްލިބޭ މަންބައޭ މީ އެނގޭ ނިޢުމަތުގެ ސިރާޠުން ދެވޭ އެންމެ މާތް ޝަރަފުން ހިމެނޭ ފާޅުވެގެންވި ބަޔާން އޭ ނަޞީބް، އޭ ޙަބީބް ކޮންމެ ހިތެއްގާ ރަމްޒުވީ ރޭދުވާ ދައުރުވީ އަލިވެ އުޖާލާ ނޫރަކީ އާވަނީ ވަކިވެ މިއުންމަތް އަބަދު ތިބާގެ ހަނދާން ކުރިއަރާފިއެ ނިކަން ދެއްވި ޢަޤީދާ ޢާލަމުން ދުރުވެގެން ދިޔަ މަގުން ރަމްޒު ފިލައިގެން ހިތްތަކުން ޙުރުމަތުން އުފެދި މިއުއްމަތް އަބަދު ވަނީ އިޙުސާން ދާއިމީ ނިޢުމަތާ ޖަންނަތުގެ ސަޒާ ޚާއްސަވީ އާފިޔާ ދެއްވަވާ ކޮންމެ ހިނދެއްގާ ލިއްނަބީ ޖާހުގާ ލެއްވި އިލާހީ އިތުރުވެ ލެއްވި ނިޝާން

ޅެންވެރިޔާ

އަލްބަމް

ކ. ކާށިދޫ މުޝްތަރީ ކްލަބު

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.