ތިން ލަފުޒުން

ރާގު: ދޯ ލަފްޒޯކީ ހޭ

ތިން ލަފުޒުން މީދޭ ރަމްޒާ ނިޝާނީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ
ތިން ލަފުޒުން މީދޭ ރަމްޒާ ނިޝާނީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ
ލައްލައްލައްލާ ލާލާލާލާލާ

އެއްވެސް ހިނދެއްގާ މަޤުސަދު މިސީދާ
އޮޅިގެންވިޔަސް ދެން ފިސްކޮށް ނުލާށޭ
އެއްވެސް ހިނދެއްގާ މަޤުސަދު މިސީދާ
އޮޅިގެންވިޔަސް ދެން ފިސްކޮށް ނުލާށޭ
ލައްލައްލައްލާ ލާލާލާލާލާ
ވިސްނާށޭ ޔާރޭ ކުރެބޭމަޙާނީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ

ދެހިތެއް އުޖާލާ ހިނިތުންވެލާފާ
ދޫކޮށްލެވޭނޭ ދެދުވަސް ވެލާފާ
ދެހިތެއް އުޖާލާ ހިނިތުންވެލާފާ
ދޫކޮށްލެވޭނޭ ދެދުވަސް ވެލާފާ
ލައްލައްލައްލާ ލާލާލާލާލާ
ޙައްގެއް އެއަށްވާ ދީފާ ނުވާތީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ

ޢިޝްޤެއް ޙަޤީޤީ ބިންވަޅު ނެގެންޏާ
ދެހިތުންމެ އެކުގާ ޙިއްސާ ވެވެންޏާ
ޢިޝްޤެއް ޙަޤީޤީ ބިންވަޅު ނެގެންޏާ
ދެހިތުންމެ އެކުގާ ޙިއްސާ ވެވެންޏާ
ލައްލައްލައްލާ ލާލާލާލާލާ
އެއްހިތްވެގެންނޭ ރައްކާކުރާނީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ
ތިން ލަފުޒުން މީދޭ ރަމްޒާ ނިޝާނީ
ލޯތްބާ އަމާނަތު ވަޢުދާ ހަނދާނީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު