އީމާނޭ ހިތުގާ އާލާވަނީ، ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތިވި މާތް ﷲ ހަފަރާތުގައި ވޮޑިގެންވޭމެޔޭ ތަރިތައް ވިދާލާ ލެއްވީ މާތްﷲ ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތް އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެއޭ ރޭތައް ދުވާލާ ލައްވާ މިތާ ދައުރާނަ ވާހެން ފަލަކުތައް ހައްދަވާ ކައުނާ އުޑާބިން ކަނޑުތައް ލައްވަވާ އުދުހޭ ވިލާތައް ފަޒާގައި ލެއްވިއޭ އީމާން ވަމޭ އަބަދަށް، އަޅަމެން ޔާ ﷲ އީމާނޭ ހިތުގާ އާލާވަނީ، ނޫރުން ރަޙްމާނީ އަލިކަން ދެޔޭ ކީރިތި މާތް ﷲ ، ހަފަރާތުގައި ވޮޑިގެންވޭމެޔޭ ތަރިތައް ވިދާލާ ލެއްވީ މާތްﷲ ރޯޝަން ކުރެއްވީ ހަސްތީ މާތްﷲ އިރުހަނދުގެ އަލިކަން ލެއްވީ މާތް އެއްވެސް އިލާހެއް ﷲ ފިޔަވައި ނުވެއޭ މާތައް ފަރިވާހާ ތާޒާ މޭވާޔާ ފިނިވީ ހިޔާދޭ ގަސްތައް ލެއްވިއޭ އިންސާނުންނަށްވާ ނިޢުމަތްތައް ގުނާ ޢަދަދެއް ނުވާހާ މިތާނގައި ލެއްވިއޭ އީމާންވަމޭ އަބަދަށް އަޅަމެން ޔާ ﷲ

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.