© ދިވެހި ލިރިކްސް
މަޙުމޫދާ ޝަކީބް
-
މަޙުމޫދާ ޝަކީބް ގެ ލަވަތައް
ހީލަނީ އަޑުއަހާ
އިބްރާހިމް ޙަމްދީ
މަޙުމޫދާ ޝަކީބް
ފިކުރާ ޚިޔާލު ކުރީ ހުރެދޭށޭ
ޢިމާދު އިސްމާޢިލް
މަޙުމޫދާ ޝަކީބް
ކޯތާފަތުގާ ވީތި ނިޝާން
ޢަބްދުލް ޙަންނާނު މޫސާދީދީ
މަޙުމޫދާ ޝަކީބް
ތިން ލަފުޒުން
މަޙުމޫދާ ޝަކީބް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ރާގު: -
ޅެން: ޢީސާ ޝަރީފު
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ހިތުން ހިތަށް ޚިޔާލީ ވާފަށްވީ ގުޅިފައޭ ލޯބިން
ތި ތުންފަތާ އަސަރު ދެލޯ ފެނިފައި ނުހަނު ކައިރިން
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ހިތުން ހިތަށް ޚިޔާލީ ވާފަށްވީ ގުޅިފައޭ ލޯބިން
ޖިސްމާ ރޫޙާ ހިތް ހަދިޔާވީ ލޯތްބަށް އޮތް އިތުބާރުން
އެންމެ ލަފުޒެކޭ އެދެނީ ހިތް މިހާރު
ހިތް ކުރަނީ އެޔަށް އަބަދު އިންތިޒާރު
ދެން ނުއެނގޭ އިތުރުކަމެއް ނެތް މިހާރު
ހިތުގަވާ އެދުން އެނގިއްޖެޔޭ މިހާރު
ފެނިލީމަ ކަލާ ތިހާ ކައިރިން ޙިއްސުތަކަށް ކުރާބާރުން
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ހިތުން ހިތަށް ޚިޔާލީ ވާފަށްވީ ގުޅިފައޭ ލޯބިން
ތި ތުންފަތާ އަސަރު ދެލޯ ފެނިފައި ނުހަނު ކައިރިން،
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ބޭޒާރޭވީ ލޯތްބެއް ނުފޮރުވޭނެތާ
ހާމަވޭ ތި ރީތި ލޮލުން ފުން އަސަރު
ލޯބިވާގެ ނަން ދުލުން ކިޔޭނެތާ
ޤަތުލު ހިތް މިހާރު ކޮށްފި ތިޔަ ނަޒަރު
ހޯ.. ތިނަން ނޫނީ ނޭނގިވިޔަސް ނުކިޔޭ ދުލުކުރިން
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ހިތުން ހިތަށް ޚިޔާލީ ވާފަށްވީ ގުޅިފައޭ ލޯބިން
ޖިސްމާ ރޫޙާ ހިތް ހަދިޔާވީ ލޯތްބަށް އޮތް އިތުބާރުން
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ލޯބި ވީމަ ކޮންމެގޮތެއް ހެޔޮވެޔޭ
ލޯބިނެތް ހިތެއް ކޮބާހެ ދެން މިތާ
ހިތް އުފާކުރަން ދެހިތް އެދޭނެޔޭ
ނޭޏގި އޭރު ލާމެހޭނެ އަތް އަތާ
އުފެދިއްޖޭ މޭގައި އަލިފާނެއް ރޯވެ އަނދާ މަސްތީ ހޫނުން
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ
ހިތުން ހިތަށް ޚިޔާލީ ވާފަށްވީ ގުޅިފައޭ ލޯބިން
ތި ތުންފަތާ އަސަރު ދެލޯ ފެނިފައި ނުހަނު ކައިރިން،
ހިތާ ހިތާ ، ޚިޔާލާ ޚިޔާލާ