© ދިވެހި ލިރިކްސް
މުޙައްމަދު ފަރުހާދު
މުޙައްމަދު ފަރުހާދު ގެ ލަވަތައް
މިފުރާނަ ދެން ޙަޔާތާ
މުޙައްމަދު ފަރުހާދު
އަނިޔާގެ ހަންދަރަކާ
މުޙައްމަދު ފަރުހާދު
ލޯބި ދޭނަން ޔަޤީން
މުޙައްމަދު ފަރުހާދު
ނިޝް
ވަކިވީ ޔާރާ
މުޙައްމަދު ފަރުހާދު
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޤައުމަށްޓަކާ ދީނަށްޓަކާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ޤައުމަށްޓަކާ ދީނަށްޓަކާ ކެރިގެން ޖިހާދު ކުރާނަމޭ
ފައުޅާއި ސިއްރާ އެއްގޮތަށް ހުރިހާ ކަމެއް ގެންދާނަމޭ
އަހުރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ
ފަހުނޭވަޔަށް ދަންދެން މޮޓޯ ކަމުގަައި ޚިޔާރުކުރާނަމޭ
އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެއަށް
ގަންނާ ކުރެއްވި ބިރުން ފިލަން ދާމީހަކަށް މަ ނުވާނަމޭ
އެޅިފައިވި މަސްއޫލިއްޔަތެއް އުފުލަންދިމާވީމާ ދެނެއް
ފެޅިގެން ދެފަޅިއަށް ދިޔަޔަކަސް އެއަކުން މަށެއް ނުރެކޭނަމޭ
ކަމަކަށް ގޮވާލީމާ މިޤައުމުގެ ޢިއްޒަތާ އަބުރަށްޓަކައި
އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަވެސް ހުންނާނަމޭ
މިނިވަންކަމާ އެކުވެރިކަމާ ހަމަހަމަ ކަމަށް ތަރުހީބުދީ
ހިނިތުންވެ ތިބެ ދީނީ އުޚުއްވަތް ފެތުރުމަށް މަ ގޮވާނަމޭ
އަޚުނާއި އުޚުތުންނަށް އެދޭނީ ލާބަޔާ މަންފާތަކޭ
ބަޚުތާއިމެދު ނުރުހުންވެގެން ޝަކުވާތަކެއް ނުކުރާނަމޭ
އަނެކުންގެ ކުށްތައް ހޯދުމީ ނަފުސުގެ މަތިން ނައްތައި ހަނދާން
ތަނަކުން ތަނަކު ނުޖެހޭ ކަމެއްކަން ހާމަކޮށް އަންގާނަމޭ
ކިޔަމަން ވުމަށް ﷲ އެންގެވިހާ ފަރާތަށް ހެޔޮހިތުން
ކިޔަމަންވެ ޙައްޤަށް ނަސްރުދީ ޚިދުމަތް ކުރަން ތެދުވާނަމޭ
އަގުހުރި އެ ކާބަފައިން ހަވާލުމިތާ ކުރެއްވި އަމާނަތަށް
ވަގުތާއި މާލާ ޖާނުދީ ރައްކާކުރަން ހުންނާނަމޭ
ދެއްކެވި ނަމޫނާގައި ހިފާ މަތިވެރިވި ކާބަފައިން މިތާ
ފެށްޓެވި ޖިހާދަށް ކާމިޔާބު ލިބޭނެ މަގު ހޯދާނަމޭ