އަނިޔާގެ ހަންދަރަކާ

އަނިޔާގެ ހަންދަރަކާ
މަޖުބޫރުގެ ހަންދަރަކާ
ކަރުނައިގެ ހަންދަރަކާ
ދުނިޔެއިން މަވީލޯބި މިތުރާދިނީމާ
ޝުކުރާ ސަލާމޭ

ތަރިތައް ގުނާދީފާ ހަނދުވެސް ބާލާދީފާ
އުދުހޭ ވިލާތަކުތެރޭގާ އެނބުރި ދީފާ
ހިތްއަތުލާ ފިރުމާފާ އެ ހިތަށް އުފާދީފާ
ދުނިޔޭން ތަދާ ރިހުމާ މިތުރާދިނީމާ
މިތުރާދިނީމާ ވެދުމާ ސަލާމޭ

މާލުން ދެމުށްލީމާ އުފަލެއް އުނގަށްލާފާ
ޖާނުންމި ޖާނަށްވީ ލޮޚުސާން ތަކެއްދީފާ
މާހިތުގާ ފޮޅުވާފާ ރާހަތު ނަމުން ދީފާ
ޗާލާކީ ކޮށްދީފާ މިތުރާ ފިލީމާ
މިތުރާ ފިލީމާ މިތުރަށް ސަލާމޭ

ކައިވަތް އަޅާދީފާ ގަންދީ ހުވާކޮށްފާ
ފޮޅުވަތް މި ލޯބީގެ ގަލަމާ ހިތުން ލިޔެފާ
ހިތުދަސްކުރީމާއޭ ނުބަލާ ކިޔުއްވާފާ
އަނިޔާތަކުން މިތުރާ ހަދިޔާ ދިނީމާ
ހަދިޔާ ދިނީމާ އުމުރަށް ސަލާމޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު