ވާތީ ފާރު ދާތީ ޕްޔާރު ވާތީ މޭގާ އަސަރް
ކިޔާ ދޭށޭ ކަލާ ލޮއިބާ އުފާ ވާނީ ނަޒަރް
ފެނިފާ ތި ދާތީ އޮބާ ނެތޭ އުޅޭހާ ވަރެއް
ފެނިފާ ވާ ތިޔަ ލޮއިއްބަކީ ދުނިޔެއިން މަ ވާނޭ މަރޭ
ނުނިދިފާ ވާތީ ހަންދާން ލޯބިން ކަލާ ތީ އުޅޭ
މިކަމާ ގުޅިފާ ބޭހެއް ނެތިފާ
މިކަމާ ދަތިހާ ވޭންތައް ލިބިފާ
ދާނި އަދުވެ މަރޭ
ދެވިފާވާ ތީ ހިތް ނަގާ ހެވިފާ ވާ މާލަމުގާ
އެ ހިތާވެސް މި ހިތާ ރޫހަ އުފަލާ އެކީ ލާ ގުޅާ
ދެ ހިތުގާ ދެ ޚިޔާލެއް ނުވާނެ ކަން ޔަޤީން ވެފާ
އެހެނެއް ނޫނޭ މިއަދު މިވީކީ
ކިހިނެއް ހެއްޔޭ ދެން މަ އުޅޭނީ
ދާނި އަދުވެ މަރޭ
ޖެހިފާވަ ހާލަށް މަގޭ އެހީވެ ނުދޭނުހޭ
ވެވިފާ ވާ ލޮއިއްބަށް ކަލާ ޤަދަރެއް ނުދޭނުހޭ
އެހެނަކަސް ދެކިލަން މި ލޮލުން
ހިނދު ކޮޅަކަށް އައިސް ދޭނުހޭ
އައްނަންޏާވެސް އަންގާލާށޭ
ނާންނަންޏާވެސް ބުނެލާދޭށޭ
ދާނި އަދުވެ މަރޭ ވާތީ ފާރު ދާތީ ޕްޔާރު
ވާތީ މޭގާ އަސަރް ކިޔާ ދޭށޭ ކަލާ ލޮއިބާ
އުފާ ވާނީ ނަޒަރް