ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ރަޙުމަތުގެ ރަންތަރި އުދަރެހުން

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ރަޙްމަތުގެ ރަންތަރި އުދަރެހުން
ފާޅުވި ޒަމާނަށް ވިސްނަމާ
ރަޙްމަތް އިތުރުވާނޭ ރިވެތި
ތެދުމަގު ހަނދާންވެސް ކޮއްލަމާ

ޖާހިލުކަމާ ޝިރުކުގެ ނުބައި
ސުންޕާބަލީގާ އުޅެނިކޮށް
ޖާހިލުކަމުން ހިތްތައް
ސަލާމަތް ވީގޮތާމެދު

އާދަމްގެފާނުއްސުރެ ވިދާ
ނޫރެއް މިދުނިޔޭގާ ވަނީ
ޢާލަމް ތަކަށް ރަޙްމަތް އިތުރު
ވީސާޙިބާ ކަން ދަންނަމާ

ގަސްތަކުގެ ފަތް ފިނި ރޯޅި އައުމުން
މަރުޙަބާ އެކިޔާގަތީ
ބަސްފުޅު ސަޙީހުން ސާހިބާއަށް
ކަން ހަނދުމަވެސް ކޮއްލަމާ

ދުނިޔޭގެ ކަންކޮޅުގެ ތެރެއަށް
އަލިގަދަވި ފެހި ނޫރަކީ
ދުނިޔޭގެ ރަސްކަން މިލްކުވީ
މާތް ސާހިބާކަން ވިސްނަމާ

ކިސްރާގެ ރަސްކަން ވީދި ފިސްފިސް
ވީގޮތާމެދު ވިސްނަމުން
މިސްރާބު ދަތުރު ކުރާނެކަން
ރަނގަޅަށް ބަލައިގެން ދުއްވަމާ

ފާރިސްކަރާގައި އޮންނަ
އަޅުކަންކޮށް އުޅޭ އަލިފާންގަނޑާ
ވާރޭފޮދެއްވެހުމާ ނުލާ
ނިވިދިޔަގޮތަށް ވިސްނާލަމާ

އަޅުވެރިކަމުގެ ގަދަ ހިލިހިލާއިން
އަޅުތަކުން ހައްޔަރުވެގެން
އަޅުކަންކުރާ މުޝްރިކުތަކުންނަށް
ވީގޮތާމެދު ހޭލަމާ

މައްކާ މަދީނާގައި އުޅޭ
ނިކަމެތި ފަޤީރުން ގިސްލަމުން
ރައްކާވުމަށް އަނިޔާތަކުން
ކުރި ހިތްވަރަށް ސާބަސްދެމާ

އެކިއެކި ފަރާތުން އަންނަހާ
ހަތިޔާރަކަށް ބިރުފުޅުނުގެން
އެކިގޮތްގޮތުން ދީނާއިގެން
ހިންގެވިޔަތީ ލޮބުވެތިވަމާ

މައްކާގެ ފަރުބަދަ ތަކުތެރެއިން
ރައްކާވެ ތެދުމަގު ދައްކަވާ
ފަސްދާނުގާ ވެޑުވުނު ބިމަށް
އަސްތާ ދަތުރުވެސް ކޮއްލަމާ

ޙަމްދާ ސަނާޔާ ހެޔޮހިތުން
ކައު މުޞްޠަފާއަށް ދަންނަވާ
ރަމްޒުން އެކީ އެއްހިތްވެގެން
ތަކުރާރުވެސް ހަމަ ކޮށްލަމާ