މީ ފުރާނައިން ވެވޭ ވަޢުދެކޭ ލޯބިވާތީ ކިޔާދޭނަމޭ ހިތްވަނީ ދޭހިތޭ މަރުވިޔަސް މީތެދޭ އެކުގަ ނިމިގެން ދިއުން ބޭނުމޭ މީފުރާނައިން ..... ސިއްރު ސިއްރުން ބުނަންހޭ ތެދޭ ހާދަ ރީއްޗޭ ކަލާ ހީލުމުން ކަޅިރަވައިގާ އެވާ ތޫނުކަން ގައިމެ ކަތިލައިފިއޭ ޝާޢިރުން ތިޔަ ދުލުން އާއެކޭ ލޯބިވޭ ބުނެލުމުން ގައިމެ ހަނދުވެސް އަތަށްދޭނަމޭ މީފުރާނައިން ...... މާދުރުން ފެނިލިޔަސް ހީވެޔޭ މާމަލުގެ ރަނިކަމޭ އަސްލު ތީ ނަސްލު ފެށިފައި ވަނީ މީ ތެދޭ އަސްލު ރަނުގާ ވިދާލާ ގޮތޭ ގަސްތުގާ ނޫނަކަސް އެއްފަހަރު ހީލިޔަސް ބަސްބުނާހާ އަގެއް ދޭނަމޭ މީ ފުރާނައިން .... ރަސްކަމެއް ހަމަހިލާ ނޭދެމޭ ފަސްފަހަތުގާ ހިނގާދާނަމޭ ކަޝްފުކުރަމުން ތިހިތްދޭންބުނޭ ގަސްގަހުން އުދުހިލާ ދާނަމޭ ފަސްނުޖެހި ރަންކިޔާ އިސްނަގައިގެން ކަލާ ލަޝްކަރެއްހާ މުތީ ދޭނަމޭ މީ ފުރާނައިން ....

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.