މަތިވެރި މާތް މަޤާމަށް

އުއްމަތުގެ ދޫތަކުން މާތް
ތަސްބީޙަތައް ގަތާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ
އުއްމަތުގެ ދޫތަކުން މާތް

ޢާލަމްތަކަށް ފޮނުއްވެވި
ރަޙުމަތެކެ މާތް ނަބިއްޔާ
ކާފިރުކަމާއި ޝިރުކާ
މޮޑެލެއްވި ބިމުގެ ވެއްޔާ (2)
މައްކާގެ ބިން މިދީނީ
ނޫރުންވުމުން އުޖާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ
އުއްމަތުގެ ދޫތަކުން މާތް

ލަޝްކަރު ބިޔަވެ ޢިރާޤާ
ޝާމާއި ޔަމަނު މިސްރާ
ނަސްރުން ފަތަޙަވެފާވިޔެ
ތާޖާއި ތަޙުތު ކިސްރާ (2)
މިސްކިތްތަކުން ގޮވޭ އަޑު
ފަސްވަގުތުދެޔެ ގޮވާލާ
މަތިވެރިވި މާތް މަޤާމަށް
ލައްވާށި މާތް ރަސޫލާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު