ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

އިސްނެންގެވި މާތްވީ ސާހިބުން

4

އެ މުޙައްމަދުލް އަމީނޭ

5

ފިލާނެތޯ ލޯތަކުން މިފޫދޭ

އެންމެ ފަހުގެ

1

ޤައުމަށްޓަކާ ދީނަށްޓަކާ

2

އުދަރެސް

3

އޭނަބިއްޔާއޭ ސޮލާތާ

4

ފަތިހުގެ މުދިމާ ބަންގި ދިނީމާ

5

ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަރުވިއްޔާ ޝަރަފުގައި މަރުވާނަން

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

މަރުވިއްޔާ ޝަރަފުގައި މަރުވާނަން،
މަރުވާވަރަށްވެސް ލޯބިވޭ
މޮޔަވިއްޔާ އަސަރުގައި މޮޔަވާނަން،
މޮޔަވާވަރަށް ވެސް ލޯބިވޭ

ކަނޑުގަދަ ތަޖުރިބާ ގިނަދުތުރެއްމީ،
އަޑުއުފުލަން ކިހާމޮޅު ވަޢުދެއްމީ
ކަނޑުވަންޏާ ކަނޑަންވެސް އެރިފާނަން،
ކަނޑުވާ ވަރަހާވެސް ލޯބިވޭ

ނުނިދޭނީ ހަނދާންތައް އާވީމާ،
ތުނިކަރުދާހުގައި ހުޅު ރޯވީމާ
ނުނިދެންޏާ މަށެއްވެސް ނުނިދާނަން
ނުނިދޭވަރަށް ވެސް ލޯބިވޭ

ބޮސްދޭތޯ ބިރެއްނެތި ހިތްތެޅެނީ،
ގޮސްއައިސް އުޅުމުގައިވެސް މޭތެޅެނީ
ބޮސްދެންޏާ ލޮލަށްވެސް ބޮސްދޭނަން
ބޮސްދޭ ވަރަށްވެސް ލޯބިވޭ

ނުކެވޭފަދަ އަލާމާތްތައް ފެނުނަސް،
ނުކެރޭހާލުގައި ތެދުވަން ޖެހުނަސް
ނުކެވެންޏާ ނުވައިވެސް އުޅޭފާނަން
ނުކެވޭ ވަރަށްވެސް ލޯބިވޭ

ގިސްލާވަރުކަމެއް ހަމަނުކުރާނަން،
ޖިސްމާހެދި މުޅިން ގުރުބާން ވާނަން
ގިސްލަންޏާ ރޮމުންވެސް ގިސްލާނަން،
ގިސްލާ ވަރަށްވެސް ލޯބިވޭ

ދަތިހާލަށް މިތާ ކެތްކުރެވޭނޭ،
ކަތިލާކަށް ހިތެއްވެސް ނުރުހޭނޭ
ކަތިލަންޏާ މިނަންވެސް ކަތިލާނަން،
ކަތިލާ ވަރަށްވެސް ލޯބިވޭ

އުދުހޭ މޮޅުޚިޔާލީ އުދުހުމަކުން،
އެދުހޭތީ ފެނިއްޖޭ ހުވަފެނަކުން
އުދުހެންޏާ އެހެންވެސް އުދުހޭނަން،
އުދުހޭ ވަރަށްވެސް ލޯބިވޭ