© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މަގޭ ލޯބި މަންޒިލް
ރާގު: ތުމްހީ މޭރި މަންދިރް
ޅެން: ޅެންވެރިޔާ ނޭނގޭ
މަގޭ ލޯބި މަންޒިލް މަގޭ ހިތުގެ ނޫރާ
މަގޭ މަންމަޔަށް މިހިތުން ކުރާ މީ ދުޢާއޭ
މަގޭ މަންމަ ހީލީމާ އެލިބޭ އަރާމާ
އެމަންޒަރު ހަނދާންވާތީ ކުރާ މީ ދުޢާއޭ
މަގޭ ލޯބި މަންޒިލް މަގޭ ހިތުގެ ނޫރާ
މަގޭ މަންމަޔަށް މިހިތުން ކުރާ މީ ދުޢާއޭ
މަގޭ ނަލަ ހަނދާނުން ނުދާނޭ ފިލައިގެން
ކިޔައިދިން އެ ނާނާ އިން ލިބުނު ދަރުސު މިހިތުން
މަގޭ ނަލަ ހަނދާނުން ނުދާނޭ ފިލައިގެން
ކިޔައިދިން އެ ނާނާ އިން ލިބުނު ދަރުސު މިހިތުން
މަގޭ ކުޑަ މި ހަށިގަނޑުގާ ބޮސްދިން އެ މަންޒަރު
ތަސައްވަރު ވަމުންދާތީ ކުރާ މީ ދުޢާއޭ
މަގޭ ލޯބި މަންޒިލް މަގޭ ހިތުގެ ނޫރާ
މަގޭ މަންމަޔަށް މިހިތުން ކުރާ މީ ދުޢާއޭ
އަބަދު ފުއްސެވުން އެދެމުން ޖަންނަތު ލިބޭތޯ
މަގޭ މަންމަޔަށް ހެޔޮއެދި ކުރާ މީ ދުޢާއޭ
ހމ....................
އަބަދު ފުއްސެވުން އެދެމުން ޖަންނަތު ލިބޭތޯ
މަގޭ މަންމަޔަށް ހެޔޮއެދި ކުރާ މީ ދުޢާއޭ
މިފަދަ ކުޑަ ޅައުމުރެއްގާ މަންމަގެ އެ ވަކިވުން
އެ ޒިކުރާ މިހިތުގާ އަބަދު އާވަނީއޭ
މަގޭ ލޯބި މަންޒިލް މަގޭ ހިތުގެ ނޫރާ
މަގޭ މަންމަޔަށް މިހިތުން ކުރާ މީ ދުޢާއޭ
މަގޭ މަންމަ ހީލީމާ އެލިބޭ އަރާމާ
އެމަންޒަރު ހަނދާންވާތީ ކުރާ މީ ދުޢާއޭ