މަގޭ ޙާލު ބުނެދެން މިތުރާއޭ

ރާގު: ކަހީ ދޫރު ޖަބް ދިން ޑަލްޖާއޭ

މަގޭ ޙާލު ބުނެދެން މިތުރާއޭ ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ ދެކޭ ޚިޔާލީ ޢާލަމުގާވެސް ރަނިކަމުގާވީ އާދެ ތިބާ އޭ އާދެ ތިބާއޭ އަލިކުރި ފަތިހުގެ ދޯދިތަކައިގެން އިރުގާވާ ތާޒާހޫނުން ހީފިލުވައިގެން އަލިކުރި ފަތިހުގެ ދޯދިތަކައިގެން އިރުގާވާ ތާޒާހޫނުން ހީފިލުވައިގެން ޒުވާން ކަމައިގެން ޚިޔާލުގެ ރަމްޒީ ލޮބުވެތި މަޤާމުގާ ފޮޅުނު މަލާއޭ ފޮޅުނު މަލާއޭ މަގޭ ޙާލު ............ ހެކިވެޔެ ތަރިހަނދު ދައުރުކުރާހާ އިތުބާރެއް ކޮއްގެން މިހުރީ ހީނުކުރާހާ ހެކިވެޔެ ތަރިހަނދު ދައުރުކުރާހާ އިތުބާރެއް ކޮއްގެން މިހުރީ ހީނުކުރާހާ ހިތާއި ވިންދާ ނާރުތަކަށްވެސް އަމުރުކުރާނީ މިއަދު ކަލާއޭ މިއަދު ކަލާއޭ މަގޭ ޙާލު ............ ހަނދު ވެޔެ ފުރިހަމަ ސާދަވިލޭރޭ އަނދިރީގާ ތިޔަ ލޯ ވިދައޭ ކަލުފޮއެރޭރޭ ހަނދު ވެޔެ ފުރިހަމަ ސާދަވިލޭރޭ އަނދިރީގާ ތިޔަ ލޯ ވިދައޭ ކަލުފޮއެރޭރޭ ކަލާ އަހާށޭ ހާމަ މިކުރަނީ ތެދުވެރިކަމާއެކު ޙައްޤު ސަނާއޭ ޙައްޤު ސަނާއޭ މަގޭ ޙާލު ............

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.