ލޯބިކަން

ރާގު: އަމިއްލަ

މަހިނޫރެއްހާ ލޯބިކަމޭ ކޮހިނޫރެއްހާ ޗާލުކަމޭ އިހި ކަނދުރާގެ ރީތިކަމޭ ލޮލުގާވާ ތި ތޫނުކަމޭ ތީމަގެ ދުނިޔެހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ ޤަލަމަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ ތީމަގެ ދުނިޔެހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ މިދުލަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ މަލްމަލްގެ ނަލަކަން ފެންނަނީ ސުންދުސްގެ ފޭރާން ޖާދުވީ މާތައް ލަދުންގޮސް މޯޅިވީ ގާތަށް އުދުހިދާން ބޭނުމީ ތީމަގެ ރޫޙުހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ ޤަލަމަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ ތީމަގެ ދުނިޔެހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ މިދުލަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ ހިރިލާ އެރާޅުގެ މިޔުޒިކޭ ބީހޭ މިރޯޅިން ހިތް ތެޅޭ ނިންޖާ އަރާމޭ ގެއްލެނީ ވިންދާ ހިތާއޭ ވަކިވަނީ ތީމަގެ ހިޔަނިހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ ޤަލަމަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ ތީމަގެ ދުނިޔެހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ ކުރަންސިފަ މިދުލަކަށް ނޭނގޭ ތީފަރި ލޯބިވާ މަގޭ އެދެމޭ ކަލާޔާ ގާތުގާ ވުމަށް ފެންނާތީ ޔާރާގެ މޫނު ތެދެކޭ ތީ ހޫރެއްހޭ ފެނުނީ އެ ޖާދޫވި މޫނު

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު