ލޯބި ލިބޭތޯ ޖެހީމޭ ސަލާމް

ލޯބި ލިބޭތޯ ޖެހީމެ ސަލާމް
ހާދަހާ ރީއްޗޭ ތިބާ ފަރި ޒުވާން

ފެނުމުން މިތުރާ ވެވުމުން ފިކުރާ
ދެވުނޭ ލޯތްބާ ޤަދަރާ
އެހިނދުން ފެށިގެން ޖެހިލުންވެ ނިކަން
އެހުނޭ ޙާލާ ޚަބަރާ
ދޭށެ ހިލޭ، ދޭށެ ހިލޭ މިހިރީ މުނިޔާ
ހާދަހާ ރީއްޗޭ .....

ތިޔަ ފަރި ހިނގުމާ ނިޔަނެތި ބެލުމާ
ކިޔަމަންތެރި ހަނުހުރުމާ
ފެނުމުން މިހިތަށް ދެހިތުގެ ނިޔަތާ
ވެއްޖޭ ބަދަލު ދިރިއުޅުމާ
ލޯތްބަށްޓަކާ، ލޯތްބަށްޓަކާ މިވަނީ ޤުރުބާން
ހާދަހާ ރީއްޗޭ .....

ޢިޝްޤުގެ ނަމުގާ މަސްތުވެ އަދުގާ
މިހިރަ ފުރާނަ ދަނީއޭ
ޖިސްމު މިގޮތުގާ ފިސްވެ އަސަރުގާ
އަސްލު ޝަހީދު ވަނީއޭ
ހެކިވާނެޔޭ، ހެކިވާނެޔޭ ހަމަ ގައިމު ޒަމާން
ހާދަހާ ރީއްޗޭ .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު