ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ނަބީ އަމީނޭ

4

ފިލާނެތޯ ލޯތަކުން މިފޫދޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ލޯބީގެ ތެރޭގާ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ލޯބީގެ ތެރޭގާ ހާސްވެފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން އަދުގާ
ނޯޝުން ލޭ ކަރުނަމި ފޫދިފާ
ރޮއެ ރޮއެ

ބުނި ގޮތް ތަ ހަދާލީ އެއްކަލަރޭ
ތުނި މިތުރު ގެ ހިތުގާ އޮންނަ ވަރެއް
ނުނިމޭނެ ކަމަށް ވޭ ހިތުގެ މަލެއް
ދުނިޔޭގެ އަރާމެއް ނުލިބިފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން އަދުގާ
ލޯބީގެ ތެރޭގާ...

ވިއްސާލި ޒަމާނީ ލޯބި މިއީ
މިސްކީނު އަޅާއަށް ކީއްމިވަނީ
ޤިސްމަތުގައި މީކަން ހުރިގޮތަކީ
ޢިޝްޤުން މިހިތާމޭ ފިސް ވެފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން ޖެހިފާ
ލޯބީގެ ތެރޭގާ....

ބޭޒާރު ވަނީއޭ ހިތުގެ އެދުން
ބޭކާރު ގޮތެއްގައި ހުރެ އަމުދުން
ބޭހާއި ދަވާ ހުސް ވެއްޖެ ހިނދުން
ބޭދަރުދު ޒަމާނެއް ހީވެފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން ޖެހިފާ
ލޯބީގެ ތެރޭގާ...

ރަހްމަތް ތިޔޮތީއޭ ރަންގު ވެފާ
އަހުރެންނާ މެދުގާ ކުލަ ކެނޑިފާ
ބަހުސާއި ޖަވާބާ ބަންދުވެފާ
މަހުޝަރުގެ ބިމަށް ދާން ހީވެފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން ޖެހިފާ

ނޯޝުން ލޭ ކަރުނަމި ފޫދިފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން އަދުގާ
ލޯބީގެ ތެރޭގާ ހާސްވެފާ
ރޮއެ ރޮއެ ތަ މިވީ ހުންނަން ޖެހިފާ