ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ލޯބީގެ މި ޢާލަމުގާ

ރާގު: ހޯޓޯސޭ ޗޫލޯ ތުމް

ޅެން: ޅެންވެރިޔާ ނޭނގޭ

ލޯބީގެ މި ޢާލަމުގާ މައުޝޫގުވެ ދިރުވޭތޯ
ރޯޝަންވެ ޙަޔާތު އެދޭ ފަރި ލޯބި އަސަރު ދޭތޯ

މާމަލުގެ އެ މަލަކާއޭ ރާހަތުގެ އަރާމާއޭ
ފަރި ޚިޔާލުވެވޭ ލޯބިން ތަރި ހަނދުގެ ނިޝާނާއޭ
ޙައިރާންވެ ދަނީއޭ ހިތް ފަރި ލޯބި އަސަރު ދޭތޯ

ތަރިތަކުގެ މި ޢާލަމުގަ އަލިކޮށް މި ބިމާ އެކުގާ
ދަތި ކޮންމެ ޚިޔާލެއްގާ ދަތި ތީވެ އުފާގެނުވާ
ފަތިހެެއްގެ ތަމާޝައިގާ މައުޝޫގުވެ ދިރުވޭތޯ

ތަސްލީމުވަނީ ދުނިޔޭން ވަސްމީރު އެމާ ބިނދެދޭން
މަސްތީވެ ދެހިތް ގުޅުވޭ ވަސްލީ މި ބަހާރު ތެރޭ
ގަސްތޭ އަދު މީ ކުރެވޭ މައުޝޫގުވެ ދިރުވޭތޯ