© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ލޯމަރާލަން ޖެހޭނޭ
ރާގު: -
ޅެން: އަހުމަދު ރިފާޢު
މަރުވެގެން ދާނެޔޭ، މަރުގެ ރަހަ ލާނެޔޭ
ކޮންމެ ނަފުސެއް އެ ނަފްސެއްގެ ވަގުތަށް ޔަޤީން
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް
ނާރުކުން ފެން އަޅާ، ފޫރުކާ ދުން އަޅާ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ރޯމަހެއްހެން ތެޅޭނޭ ހިތާ ޖިސްމުވެސް
ހާނއާނ... ހާނއާނ....
ރޯމަހެއްހެން ތެޅޭނޭ ހިތާ ޖިސްމުވެސް
ފޯރުވައިދޭން އެދޭނޭ ކިޔާ އިސްމުވެސް
ބާރަކުން ގަދަ އެއައި، އަމުރު ގެންދަން ދިރުން
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް
ހާނއާނ... ހާނއާނ....
ފޯރިލާ ދުނިޔެ އާރާސްތުކުރަމުން ދިޔަސް
ހާނއާނ... ހާނއާނ....
ފޯރިލާ ދުނިޔެ އާރާސްތުކުރަމުން ދިޔަސް
ހޯދި ފައިސާތަކުން ފޮށި ބަރާކޮށްލިޔަސް
ފޯރިޔާ ހިތްވަރާ، ޖޯރު ހުސްވާނެޔޭ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް
ހޫމް.. ހޫމް ... ހޫމް ހޫމްހޫމް
ލޯބި އާރާމަމައިރާ ހަނދުމަކޮށްދެމޭ
ހޫމް.. ހޫމް ... ހޫމް ހޫމްހޫމް
ލޯބި އާރާމަމައިރާ ހަނދުމަކޮށްދެމޭ
ލޯބިވާތީ ހިތާތީ ކަމެއް ބުނެދެމޭ
ރޫޙް ގެންދާނެޔޭ، ވިންދު ހުއްޓޭނެޔޭ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް
ނާރުކުން ފެން އަޅާ، ފޫރުކާ ދުން އަޅާ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ހޫމް.. ހޫމް ... ހޫމް ހޫމްހޫމް
ކުއްލި ސިހުމާއި ރިހުމާ ހިތަށް ލިބިދެޔޭ
ހާނއާނ... ހާނއާނ....
ކުއްލި ސިހުމާއި ރިހުމާ ހިތަށް ލިބިދެޔޭ
ކުއްލި ޚަބަރުން އެލޯތައް ކަރުނައިން ތެމޭ
ކުއްލި ފަރުވާ ދިނަސް މަރުގެ ހައްލެއް ނެތޭ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް
ނާރުކުން ފެން އަޅާ، ފޫރުކާ ދުން އަޅާ
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް
ހޫމް.. ހޫމް ... ހޫމް ހޫމްހޫމް