ކެޔޮޅު ކިތަންމެ މޮޅަސް

ކެޔޮޅު ކިތަންމެ މޮޅަސް
ފަޅުވެރިން ކަންނެތް ވީމާ
ސަމުގާ ކިތަންމެ ދަތަސް
ފަޅުވެރިން ހޭނުމެލިއްޔާ
މަރުދާދި ކުޑަތަންވިޔަކަސް
ފަރުހޯދި އަރާހަމަވީމާ

ވަގުތު ނެތޭ ވަގުތުނެތޭ (4)
ކެޔޮޅު ކިތަންމެ .....

ބޯހާސްވެ ދަންވަރު ގޭގާ އެކަނި
ހޯދާ ބަލާ ވިސްނާ އެކަނި

ސިހިސިހި ސިހި އެކަނިވެފާ (4)
ކެޔޮޅު ކިތަންމެ .....

މަސްކެޔޮޅުތައް މަސްބާނަނީ
މަސްހިބަރުތައް މަސްއައިން ފެހީ

އެންމެން ނިދީ އެންމެން ނިދީ (4)
ކެޔޮޅު ކިތަންމެ .....

އެން ކެޔޮޅުންތައް އެންތައް އުކީ
ފެންޖެހިތަނާ މަސްގަނޑު ކެއީ

ހިލަމެއް ނުވީ ހިލަމެއް ނުވީ (4)
ކެޔޮޅު ކިތަންމެ .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު