ކަރުނުން ފުރިދާހެން

ރާގު: ރިމްޖިމް ގިރެ ސާވަން

ކަރުނުން ފުރިދާހެން
އަބަދު އަބަދު ވީ ރޯލަން
މިއެ ޙާލު އަދު ލޯބިންވީ
ލިބި ވޭނުގާ ނިމެން

އަދު ހަނދުމަވާތީ އެދުނީމެ އޭނާ
ހިތުގާ ރިހޭތީ ނިންޖޭ ނައީ ރޭ
އަދު ހަނދުމަވާތީ އެދުނީމެ އޭނާ
ހިތުގާ ރިހޭތީ ނިންޖޭ ނައީ ރޭ
ހޫނޭ މޭގާ އަނދަނީ މިހެން
އަބަދު އަބަދު ވީ ރޯލަން
މިއެ ޙާލު އަދު ލޯބިންވީ
ލިބި ވޭނުގާ ނިމެން

ރުހިގެންވި ރޭރޭ ހިތުގާ ނެށީމޭ
ފިރުމުންތަކޭވީ އެކި ސިފަސިފައިގާ
ރުހިގެންވި ރޭރޭ ހިތުގާ ނެށީމޭ
ފިރުމުންތަކޭވީ އެކި ސިފަސިފައިގާ
ނެތޭ ނެތޭ އެދެވޭ ރުހުން
އަބަދު އަބަދު ވީ ރޯލަން
މިއެ ޙާލު އަދު ލޯބިންވީ
ލިބި ވޭނުގާ ނިމެން

ކަރުނުން ފުރިދާހެން
އަބަދު އަބަދު ވީ ރޯލަން
މިއެ ޙާލު އަދު ލޯބިންވީ
ލިބި ވޭނުގާ ނިމެން
ކަރުނުން ފުރިދާހެން

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު