ލޯތްބައްޓަކާ އެދި އެދި ވަމޭ، ތިޔަ އިންތިޒާރުގަ އަދު ވަމޭ، ބަދަލެއް ޔަގީން ނުމެ ވާނަމޭ، އެހަންދާން ތަކާ ގުޅިފާ ވަމޭ، ލޯބިން އެކީ ހިއްސާ ވަމުން، އޯގާވެ ދެން ފިރުމާލަމުން، ހިނިތުން ވެލާށޭ ކަލާ! ހިނިތުން ވެލާށޭ ކަލާ! ވީރާނަ ވީ މި ހަޔާތް އެކީ، ފޫދޭ ދެލޯ ކަރުނުން އެކީ، މީއޭ އަޅާ ހުރި ހާލަކީ ލިބިވީ ނިޝާނޭ ދިރުމަކީ، ދުރުގާ ވިޔަސް މި ދުއާ އަކީ، އަބަދަށް އެދޭ ހޭއޮ އެދުމަކީ، ހިނިތުން ވެލާށޭ ކަލާ! ހިނިތުން ވެލާށޭ ކަލާ! ހިނިތުން ވެލާތޯ ހުރީމޭ، އުފަލެއް ލިބޭތޯ ހުރީމޭ، ކަރުނުން ފޯވެ މިދެލޮ ދެން، ދުރުގަ ވާތީ ހިތާއޭ، އެދެމޭ ޔާރާ އަދިވެސް، ނުރުހުން ނުވާށޭ ކަލާ، ހިނިތުން ވެލާށޭ ކަލާ! ހިނިތު ވުމާ ގިސްލާ ރޮވުން، ނުރުހުން ވުމާ ހިތް ހަމަޖެހުން، އެކުވެރިކަމާ އަދި ބަދަލު ވުން، މީ ފެންނަ މަންޒަރު މިދުނިޔެއިން، ލޯބިން އެކީ ހިއްސާ ވަމުން، މިހިދަށް ހަދާން ނަޠްތާލަމުން، ހިނިތުން ވެލާށޭ ކަލާ!

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.