ޢީދު އައީ ހިނިތުން ވަމުން މީރުވަހުން ޖައްވު ހުވަނދު ލަމުން ރީތިވިހާ ލަވަ ކިޔަމުން މާމަލުގާ ނަލަ ކުލަ ޖައްސަމުން ރަމަޟާން މަހުގެ ހަނދާން ކުރަމުން އެމަހުގެ ހެޔޮހާ ދަރުމަ ތަކުން މިފަދަ އިތުރު ހެޔޮކަން ލިބުމުން ޝުކުރާއެކު ހިތްތައް ފުރަމުން މިފަދަ އަނެއް ފުރުސަތު އެދެމުން ޢީދު އައީ ....... ޢީދު އައީ އަދު ޢީދު އައީ ވީ އުފަލުން ބައްދަލުވެލަނީ މީރު ކެއުންތައް ކައި ހަދަނީ ރީތި ގުޅުންތައް އާކުރަނީ އެކުވެރިކަން އާލާ ކުރަމުން ޢީދު އައީ ....... ކުޅިވަރުތައް މިއަދާ ގުޅިގެން ކުޅެ ހެދެޔޭ މިގޮތުން ގުޅިގެން މުޅި ރަށުގާހެން އޮތް އަޚުކަން އޮޅުމެއްނެތި ދޭ ހާމަވަމުން ކަޅުހާ ކަޅުކަން ސާފުވަމުން ޢީދު އައީ .......

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.