© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އެދެމޭ ރަޙުމަތް
ރާގު: އަމިއްލަ
ޅެން: މައުސޫމް ޝާކިރު
ލައްވާށި ރަޙްމަތް ލައްވާށި ރަޙްމަތް
ޔާރައްބި އަޅުގެ ލޯތްބަށް ދެއްވުން އެދެމޭ ޝިފާ
އައްސަވާ އަޅުގެ އާދޭސް ދެއްވަވާނދޭ ހިތަށް އުފާ
އެދެމޭ ރަޙްމަތް ލެއްވުން މިތުރަށް ހިތް ފަޅައިގެން ދާހެން ހީވެޔޭ
ފޯވެ މިދެލޯ ވީ ކަރުނުންނޭ މާޔޫސް ވާގޮތް ވެޔޭ
ވިސްނާލީމާ ޙާލާ މެދުގާ ދުނިޔެ ދޫކޮށް ދާހެން ހީވެޔޭ
ބާރު މިހަށީން ދާހެން ހީވޭ ކެތްކުރެވޭނޭބާއޭ
ބޭނުން ޙަޔާތަށް އުފަލާ ދިރުން ލިބެން
އަނިޔާއެއް ތިހިތަށް ވާކަށް ނޭދޭނަން
ހީވަނީ ހިތާމައިން މޭވެސް ވިރިގެން ދާހެން
ހުވަފެނެއް ކަމުގާ މީ ލައްވާ ދެއްވުން ބޭނުން
އެދެމޭ ރަޙްމަތް ލެއްވުން މިތުރަށް ހިތް ފަޅައިގެން ދާހެން ހީވެޔޭ
ފޯވެ މިދެލޯ ވީ ކަރުނުންނޭ މާޔޫސް ވާގޮތް ވެޔޭ
މާތް ކަލާކޯ އަލުގެ އާދޭސް އައްސަވާނދޭ
އަޅުގެ ފުރާނައިން ބައެއް އޭނާއަށް ދެއްވާނދޭ
އުމުރު ދިގުކޮށް ދެއްވާނދޭ
ވޭތޯ ނަޖާ ތިޔަ ޙާލުން ކުރަމޭ ދުޢާ ރޮމުން
ގުޅިފައިވާ މިދެހިތް ވަކިވާކަށް ނޭދެން
ބަދުދުޢާ ކަލާޔަށް ގައިމޭ ނުޖެހޭނޭކަން
ގާތުގާ ހެޔޮދުޢާ ކޮށްދޭން ބޭނުން ހުންނަން
އެދެމޭ ރަޙްމަތް ލެއްވުން މިތުރަށް ހިތް ފަޅައިގެން ދާހެން ހީވެޔޭ
ފޯވެ މިދެލޯ ވީ ކަރުނުންނޭ މާޔޫސް ވާގޮތް ވެޔޭ