© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދޫކޮށްމަދިޔައިމާ މަހެފިލްދެން
ރާގު: -
ޅެން: ޢީސާ ޝަރީފު
ދޫކޮށްމަދިޔައިމާ މަހެފިލްދެން ހިތްހާސްވެ ނުރޯށޭ މިތުރާއޭ
ތިހިތަށް އެ ތަސައްލީ ދޭނެންޏާ ފޮހެލާށެ ހަނދާނުން މިތުރާއޭ
ހުވަފެންފަދަ ލޯތްބެއްތާވެވުނީ ހަމަ ލޯހުޅުވީމާ ގެއްލި ދިޔައި
ލޯބީގެ ފަހުން ފެނުނަސް ހުވަފެން ގަބަރާވެ ނުރޯށޭ މިތުރާއޭ
ދޫކޮށްމަދިޔައިމާ މަހެފިލްދެން.........................
މާޒީގެ ޚިޔާލީ ޢާލަމުގައި، ބަރުބާދުވެދާނޭ ގެއްލިކަލާ
އަނެކުންގެ ދުލުން ދެން ލޯބިވަމޭ ބުނެފާނެ ނުރޯށެ މިތުރާއޭ
ދޫކޮށްމަދިޔައިމާ މަހެފިލްދެން........................
ލޯބީގެ ދަތުރުގައި ތިހަނދާނޭ ، އަހަރެންގެ ފުރާނާ ގެންދާނީ
މަރުވެއްޖެކަމަށް ވެސް ނޭނގި ޚަބަރު ލިބިދާނެ ނުރޯށޭ މިތުރާއޭ
ދޫކޮށްމަދިޔައިމާ މަހެފިލްދެން ހިތްހާސްވެ ނުރޯށޭ މިތުރާއޭ
ތިހިތަށް އެ ތަސައްލީ ދޭނެންޏާ ފޮހެލާށެ ހަނދާނުން މިތުރާއޭ