ދީފާ އެހިތް ފަރުދާ

ދީފާ އެހިތް ފަރުދާ ވުމުން
ކެތްވާ ވަރެއް ނޫންހޭ ވެވޭ ލޯބިން
ހަނދާން އާވޭ
ކަރުނުން ފުރާފާ ލޯ
މަރޮއްވާފާ ދިޔައީމާ ދުނިޔެދޫކޮށްފާ
ހަނދާން އާވޭ

އެކީގާ ހޭދަވީރޭތަށް
ހަނދާންވީމާ ހިތަށް ގޮތްވޭ
މިދުނިޔޭގާ ނިކަން ލޯބިން
އުޅެފަ ދިއުމުން ދެކޭހިތްވޭ
ދިމާވީމާ މިހެން ކަންތައް
ރޮވޭގޮތްވޭ

ހުރީމޭ ހިތި އަސަރު ކޮށްފާ
ދިރުން ނެތް މޫނު ފެނުނީމާ
ނަސީބެއް ނެތް މި އިންސާނާ
ހުރީމޭ ރޯން އެކަނި ވީމާ
ގޮވާލާފާނެހެން ހީވޭ
ބަލާލީމާ

މިތަން ދޫކޮށްފަ ދާހިތްވޭ
ހިތާމައިގާ އުޅެންވީމާ
ވަށައިގެން ވާ ދުނިޔެ ހީވޭ
ރޮނީހެން ލޯބި ބީވީމާ
ޤިޔާމަތް ހީވެޔޭ ވާހެން
މިހެން ކަންތައް ދިމާވިމާ
ދަނީއޭ ކެތްނުވާނޭކަން
ޔަގީން ވީމާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު