© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ދަތުރު ފެށީމޭ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އާއާއާއާ ލޯބި ލިބޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
ދަރާފެނާ ކޮއްތާ ހޯދާ
ބަރާކުރީމޭ އޮޑިއަށްލާ
ދަރާފެނާ ކޮއްތާ ހޯދާ
ބަރާކުރީމޭ އޮޑިއަށްލާ
ބަރާބަރަށް ފައްސިޔަ ވައިގާ
ތުރާކުނަށް ދެން ދެވޭތޯ
ބަރާބަރަށް ފައްސިޔަ ވައިގާ
ތުރާކުނަށް ދެން ދެވޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އާއާއާއާ ލޯބި ލިބޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
މުރާލިވެވި މަންތަރު ހަދަމުން
ފުރާނަ އަތްމައްޗަށް ލައިގެން
މުރާލިވެވި މަންތަރު ހަދަމުން
ފުރާނަ އަތްމައްޗަށް ލައިގެން
ތުރާތަކާ ވޭނަށް ރުހިގެން
މުރާދު ޙާސިލްވެވޭތޯ
ތުރާތަކާ ވޭނަށް ރުހިގެން
މުރާދު ޙާސިލްވެވޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އާއާއާއާ ލޯބި ލިބޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
ނަފާވެދާ އިރުވަރު އައުމުން
ތަފާތުވީ ހަދިޔާއައިގެން
ނަފާވެދާ އިރުވަރު އައުމުން
ތަފާތުވީ ހަދިޔާއައިގެން
ލަފާ ރަށަށް ފޭބީ އުފަލުން
ލަފާމަގުން ކަން ވެވޭތޯ
ލަފާ ރަށަށް ފޭބީ އުފަލުން
ލަފާމަގުން ކަން ވެވޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އާއާއާއާ ލޯބި ލިބޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އަލީތެރޭން ފަތްމިނި ފެނުމުން
ތަލިންނެ ކުޅު ދިޔައީ ހިކިގެން
އަލީތެރޭން ފަތްމިނި ފެނުމުން
ތަލިންނެ ކުޅު ދިޔައީ ހިކިގެން
ވަލީލިބެވި ކަމަނާ ރުހުމުން
އެލޯބި ލިބުނޭ އިނގޭތޯ
ވަލީލިބެވި ކަމަނާ ރުހުމުން
އެލޯބި ލިބުނޭ އިނގޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ
އާއާއާއާ ލޯބި ލިބޭތޯ
ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ ލޯބި ލިބޭތޯ