އަމާންކަން މި ހޯދާ ސަލާމަތް ވަމާހޭ ދުމާ ދުންފަތާދެން މުޅިން ވަކިވަމާހޭ ތިމާޔަށް ލިބޭ ގެއްލުމާ އެކުއެކީގާ އެހެންމީހުނަށް ދުންފަތުން ދޭ ތުރާލާ ދެކޭށޭ ބަލާށޭ ކިހާ ދެރަކަމެއްހޭ؟ ދަރިން ކުރިމަތީގާ މައިންނާ ބަފައިން ނުވެވި ދުންފަތާ ދުރު އުޅޭއިރު އެފަދައިން ދަރިންވެސް މަޅީގާ ޖެހެން ތަންދެނީހޭ؟ ބަލިވެ އިންނަމީހާ ޚިޔާލެއް ނެތީމާ މި ބޭކާރު ދުންފަތުގެ ބޭނުން ކުރީމާ ލިބޭ ދަރިފުޅަށް ވާނެ ގެއްލުން އެނގޭހޭ؟ އެހެން ބަލިތަކާ އިދިކޮޅަށް ހަށިތެރޭވާ ދިފާޢީ ވަސީލަތްތަކާ ބާރު ހުރިހާ ކަނޑާލާ އެދުންފަތުގެ ޢަމަލާ ރުހެންހޭ؟ ލެޔާ ހިތް ނުސާފުވެ މިލާ ހުލިވަނީއޭ ގަޔާ ގައިގެ ބާރާ ޢުމުރު ލާ ދަނީއޭ ޙަޔާތުގެ އުފާ ދެމިހުރުން ނޭދެނީހޭ؟ ވެވޭ ބޭނުމެއްނެތް ޚަރަދެކޭ ކިޔާފާ އަނދާ ހުލިވެދާ ނޫޓު ތަކެކޭ ހިތާފާ މި ވޭނުން ނަޖާވާނެ ވިސްނުން ނެތީހޭ؟

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.