ނެތުމުގެ ތެރެއިން މި ޢާލަމް

ނެތުމުގެ ތެރޭން މިޢާލަމް ކަަކުތަ ހަދާ ނެރުއްވީ
ފަތުރުއްވަވާ މި ބިންތައް އުޑުތައް ބިނާކުރެއްވީ

ހަސްތީ ތެރޭގަވާހާ އެއްޗެއް މެ ހައްދަވާ
އަސްބާބު ލައްވަވާފާ ގިނަގުނަވި ރޯދި ދެއްވީ

ފަރިޔަށް ވިދާ އުޖާލާ ބަބުޅާ ފަލަކު މަތީގާ
ތަރިތަކުގެ ދައުރުވާހާ ތަރުތީބު އާކުރެއްވީ

އިރު ހަނދުގެ ދޯދިތައް އައިސް ފިރުމާލަމުން އުފާކޮށް
ދިރުމެއްގެ ބާރު ދުނިޔެއިން ގާއިމް ވެގެން މިލެއްވީ

އިރުއަލިކަމާއި ލައިގެން ދުނިޔޭގެ ހީފިލުއްވީ
ހަނދުވަރުގެ ރިހި ވިދާލުން ޝަބުނަމް ތަކަށް އެޅުއްވީ

ހިކި ފަސްގަނޑެއްގެ މައްޗަށް ދަހިވެތި ފެނަށްވާ
ތިކިފެން ތިޔާގި ވާހެން ވާރޭވިލާ ފޮނުއްވީ

ތަކުރާރު ރޭދުވާތައް ކެނޑިނޭޅި ވާގޮތެއްގާ
އަބަދަށްމެ ގެންނަވާފާ ހެނދުނާ ހަވީރު ލެއްވީ

ކަނޑުތައްމެ ނޫކުލައިގާ ލައްވާ މިބިންމަތީގާ
ދަނޑުފަޅުގެ ފެހި ކަމުން އާލަމްގާ ހެދުން އެޅުއްވީ

ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގާ
ކުޑަކުޑަ ގަހެއް ފަޅުއްވާ ބިޔަވުން އިތުރު ކުރެއްވީ

ޖީލެއްގެ މާފަހުން އައި ޖީލެއްގެ ގިނަ ނުވާހާ
މީހުންގެ ނަފުސުތައްވެސް ނުތުފާއަކުން އެލެއްވީ

އިންސާނުނަށް މިވާހާ ވިސްނުމުގެ ބާރު ދެއްވާ
އިންޖީނުގައި ތޮބީޢީ މަޙުޞޫޞު އާ ކުރެއްވީ

ﷲ އޭ އެއީ މާތް ތަރުބީޢަ ލެއްވި ހުރިހާ
ތަކެތީގެ ދޭހުގާ ވާ މައުޖޫދު އާ ވެގެން ވީ

ކަޅު އަނދިރި ރޭރެއަށްމާ ކަޅު ހިލަ ތަކުގެ މަތީގާ
ކަޅު ހިނި ހިރޭ ހިރުންވެސް ދެނެ ވޮޑިގަތުން މަތީ ވީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު