ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެމޭޒަން ޖޭޑް

އެމޭޒަން ޖޭޑް ގެ ލަވަތައް

އެއްޗެއް ކަޅެއް

އެމޭޒަން ޖޭޑް

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

އޮތަކަސް މާ ކަނޑު

ރާގު: އަމިއްލަ

ޅެން: ޅެންވެރިޔާ ނޭނގޭ

އޮތަކަސް މާކަނޑު ހިތަކަށް ލިބިފާ
އަތަ ވިހަ ނޮރަ ދޮށަ ނަކަތުން ނުބަލާ
ތަރިޔާ ބުރުޖާ ރަނގަޅަށް ނުބަލާ
އަރުވާ ޖަހަމުން ދަތުރަށް ނުފުރާ

ރިޔަލެއް މާ ބޮޑު އޮތަކަސް ލިބިފާ
ދިޔަގަނޑު ނުހިކޭ ނަމައީ އެކުގާ
ވަޔަށާ އޮއިވަރު ރަނގަޅަށް ނުބަލާ
ހިޔަލެއްގާ ތިބެ ދަތުރަށް ނުފުރާ

ސަމުގާ މޮޅުކަން ހިތުގާމެ އަޅާ
އެމުނޭ ފަތިވަރު ފަރުގަދި އެ ގަހާ
ކަމުދާ ވަރުގާ ދަސްނުވެ ހިތުގާ
އަމުދުން ތަކުރާ ދަތުރަށް ނުފުރާ

ކުޅަދާނަ ވިޔަސް ފަޅުވެރި އެކުދިން
ހުޅަނގާ ދެކުނާ ވަކިނުވި ނަމައީ
މޮޅުކަން ދައްކަން އޮވެގެން ހިތުގާ
އޮޅިގެން ނަމަނަމަ ދަތުރަށް ނުފުރާ

ރިިޔަލެއް މާބޮޑު އޮތަކަސް ލިބިފާ
ދިޔަގަނޑު ނުހިކޭ ނަމައީ އެކުގާ
ވަޔަށާ އޮއިވަރު ރަނގަޅަށް ނުބަލާ
ހިޔަލެއްގައި ތިބެ ދަތުރަށް ނުފުރާ

ކުޅަދާނަ ވިޔަސް ފަޅުވެރި އެކުދިން
ހުޅަނގާ ދެކުނާ ވަކިނުވި ނަމައީ
މޮޅުކަން ދައްކަން އޮވެގެން ހިތުގާ
އޮޅިގެން ނަމަނަމަ ދަތުރަށް ނުފުރާ

ރިިޔަލެއް މާބޮޑު އޮތަކަސް ލިބިފާ
ދިޔަގަނޑު ނުހިކޭ ނަމައީ އެކުގާ
ވަޔަށާ އޮއިވަރު ރަނގަޅަށް ނުބަލާ
ހިޔަލެއްގައި ތިބެ ދަތުރަށް ނުފުރާ