ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ވަކިވީ ލޯބިން ރީތި ގޮތުގާ

ރާގު: -

ޅެން: މުޙައްމަދު ރަޝީދު (ކޮޕީ)

ވަކިވީ ލޯބިން ރީތި ގޮތުގާ،
ކީ ވަދާއޭ ރަތް އަލީގާ،
ނޭދޭ ނޭދޭ ދުރުގާ ހުއްނަން،
ފޫހިކަންވޭ ބިންމަތީގާ،
ވައުދޭވީ އެކި ރޭރޭ...
ޚިޔާލްގެ ރަން ދުނިޔޭގާ

ނޭވާ ވަނީ ގުޅިފާ ލެޔާއޭ،
އުނގުގާވި ރޭ ކިޔާ އަދަދެއް ނުވާނޭ،
ރިއްސާ ހިތާ މޭ ދެއްކޭނެހޭ ނެރެ ހާން ހޯ،
ނޭވާ ވަނީ ގުޅިފާ ލެޔާއޭ،
އުނގުގާވި ރޭ ކިޔާ އަދަދެއް ނުވާނޭ،
ރިއްސާ ހިތާ މޭ ދެއްކޭނެބާއޭ،
ކިޔެވުން ނިމޭތީ ނިމުމުން ފުރޭތީ،
ނިންޖާ އަރާމާ ވީ ޤުރުބާނޭ،
ވަކިވީ ލޯބިން ރީތި ގޮތުގާ،
ކީ ވަދާއޭ ރަތް އަލީގާ،
ނޭދޭ ނޭދޭ ދުރުގާ ހުއްނަން،
ފޫހިކަންވޭ ބިންމަތީގާ،
ވައުދޭ ވީ އެކި ރޭރޭ...
ޚިޔާލްގެ ރަން ދުނިޔޭގާ.

އައުމާ އެކީގާ މޭ ވިރިއްޖޭ،
ލޯބިން އެ ވީވަރު ސާފުވެއްޖޭ،
ވިޔަތީ ބަދަލު ރޯންހޭ ގިލަނުގާވީ ހާން ށްމްމް،
އައުމާ އެކީގާ މޭ ވިރިއްޖޭ،
ލޯބިން އައިމާ ކުރު ރޭ ފެނިއްޖޭ،
ވިޔަތީ ބަދަލު ރޯންހޭ ގިލަނުގާ،
ވައުދޭ އުވާލީ ރޫހު މަރާލީ،
ދުނިޔޭން ވަކިވުން ބޭނުންވެއްޖޭ،
ވަކިވީ ލޯބިން ރީތި ގޮތުގާ،
ކީ ވަދާއޭ ރަތް އަލީގާ،
ނޭދޭ ނޭދޭ ދުރުގާ ހުއްނަން،
ފޫހިކަންވޭ ބިންމަތީގާ،
ވައުދޭވީ އެކި ރޭރޭ...
ޚިޔާލްގެ ރަން ދުނިޔޭގާ.

ފާއިތު ވެވިގެން ދާ ދުވަސްތައް،
ނާއުއްމީދުން ވީ މިލާފާ،
ލިބުނޭ ސިޓީއެއް މާފު ދޭތޯއޭ ހާން ހޯ،
ފާއިތު ވެވިގެން ދާ ދުވަސްތައް،
ނާއުއްމީދުން ވީ މިލާފާ،
ލިބުނޭ ހަދިޔާ މާފު ދޭތޯ،
ދޭނޭ ޖަވާބެއް ދުލުގާ ނުވާތީ،
އެއްލާލީމޭ ވީދާލާފާ،
ވަކިވި ލޯބިން ރީތި ގޮތުގާ،
ކީ ވަދާއޭ ރަތް އަލީގާ،
ނޭދޭ ނޭދޭ ދުރުގާ ހުއްނަން،
ފޫހިކަންވޭ ބިންމަތީގާ،
ވައުދޭވީ އެކި ރޭރޭ،
ފޮނި ޚިޔާލްގެ ރަން ދުނިޔޭގާ.