އުދާހާ ވޭން

ރާގު: ޒަމާނޭކި ބުރާއީ މުޖްމޭހޭ ސަނަމް

އުދާހާ ވޭން ފިލާނީ ކިހިނެތްހޭ ހިތުން މިއަދު ބޭވަފާއޭ މިތުރާ ތިވީ ހިތުގަ ޖައްސާފާ ތިދަނީ ހޭ ހެމުން މިއަދު ބޭވަފާއޭ މިތުރާ ތިވީ މަ ލޯބިން ދިވާނާ މިވީ ކީއްވެބާއޭ؟ މަ ލޯބިން ދިވާނާ މިވީ ކީއްވެބާއޭ؟ ތި ލޯތްބަށް އެދެވެނީ މި އެއީ ކީއްވެބާއޭ؟ ހިތި ކަރުނަ އޮހެނީ މި ފަހެ ކީއްވެބާއޭ؟ އުދާހާ ވޭން ފިލާނީ ...... ބުނާށޭ ކަލާ ވީ ބަދަލު ކީއްވެތޯއޭ؟ ބުނާށޭ ކަލާ ވީ ބަދަލު ކީއްވެތޯއޭ؟ އެރޭރޭ މި އުނގުގާ ނިދީ ކާކުތޯއޭ؟ އުވާލީ ހުވާތައް މުޅިން ކީއްވެތޯއޭ؟ އުދާހާ ވޭން ފިލާނީ ...... ލޯތްބަށް މަގޭ އޭރުގާ މިތުރު އެދިފާ ލޯތްބަށް މަގޭ އޭރުގާ މިތުރު އެދިފާ ދުނިޔޭގެ އުފަލާ އަރާމު މިއަދު ފެނިފާ ވީހޭ މުޅިން ބޭވަފާ އެކުގަ އުޅެފާ އުދާހާ ވޭން ފިލާނީ ކިހިނެތްހޭ ހިތުން މިއަދު ބޭވަފާއޭ މިތުރާ ތިވީ ހިތުގަ ޖައްސާފާ ތިދަނީ ހޭ ހެމުން މިއަދު ބޭވަފާއޭ މިތުރާ ތިވީ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.