ޤަދަރު ދީފާ ވިޔަސް ހިތުގާ

ރާގު: ބޭދަރްދީ ބާލްމާ ތުޖްކޯ

ޤަދަރު ދީފާ ވިޔަސް ހިތުގާ މަގޭ ލޯބީގެ ވެރިޔާއޭ ކަރުނަ އޮހޮރާ މިހެން ރޮވުމީ މިއަދު އަހަރެންގެ ފަރުވާއޭ އެހާ ފޮނި އުފަލުގަ ލޯބިން ހުވާ ކޮށްފާ މި ވަކިވީމާ ކިހާ ހިތްދަތިކަމެއް ދޭނޭހެ ވަޢުދާ އަޙުދު އުވުނީމާ މަލާ މާބުރުގެ ގިންތީގާ ހިމެނި ނިމިދާން ވަނީބާއޭ ޤަދަރު ދީފާ .... ހިތާހިތް ސާފުކޮށް ގުޅުވާ އެއަށް އޯގާވެ ފިރުމާފާ އަތާއަތްވެސް ގުޅަންވާނީ އެހާ ސިއްރުން މި ބުނެލާފާ ފަތަންވެސް ނޭނގެނީ ކަނޑުލާ އެކަނި ދޫކޮށްލަނީ ބާއޭ ޤަދަރު ދީފާ .... ދުށީމޭ ލޯ އެދޭ މަންޒަރު އޮތީމޭ ނުނިދި ފުރަ ދަންވަރު އެރޭ އުފަލުން މަވީނަމަ މަރު ރަނގަޅުވީހޭ ނުދެކި މިއަސަރު ކުރާނެކަމެއް ނެތެ މިއަދަކު ފުރާނަ ދެތަން ވަނީބާއޭ ޤަދަރު ދީފާ ....

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.