ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ނެތީހޭ މިޢާލަމް އުޑާބިން ނެތީހޭ

ރާގު: ތެރީ އާންކުރާ ޖޯއިޝާރާ

ޅެން: ޔޫސުފް މުޙައްމަދު ފުޅު

ނެތީހޭ މިޢާލަމް އުޑާބިން ނެތީހޭ
ނުވާނަމަ ތިބާ އާދެ ކަޢުބާ ނުވީހޭ - ނެތީހޭ މިޢާލަމް

މިދުނިޔޭގެ ބިމުގައި މުޤައްދަސް ބިނާމީ
އަޅުން ހެޔޮ ތަވައްޖުހު ވެދާ ޤިބްލަ ހޭމީ
ޔަޤީނޭ މި ތިޔަ މާތްވި ފައިންޕުޅު އަޅުއްވާ. ނުވާނަމަ

ޚަލީލާ ޛަބީޙީ އަސަރުތައް އުޖާލާ
ވަނީ އަލިވެ ގެފުޅާ ޙަރަމްފުޅު ތެރޭގާ
ދުޢާފުޅުތަކުން މާތް އިޝާރާތް އެ ދެއްވާ. ނުވާނަމަ

ޒަމާންތަކުގެ ފިންޏާ، ގެނައި ހޫނުކަމަކުން
ނެތޭ އުނިކަމެއް އާހިޔަނިވެސް މި އެޅިގެން
ދުނިޔެ އިންތިޒާރުން މިއަލި ނޫރަކަށްވާ ނުވާނަމަ

މިއައި ސައިލުތައް އަބްޠަޙުން އަޑުކިޔާފައި
ހަލާކެއް އުފެއްދީ ޙަރަމްފުޅު ތެރޭގާ
ކުރެއްވުން މި ޚިދުމަތް މިއަދު އަތްޕުޅުންވާ- ނުވާނަމަ

ޙަޖަރުއަސްވަދާ މެދު އަރާރުން އުފެދުމުން
ޢަދުލުވެރިކަމެއް އާދެ ޤާއިމް ކުރެއްވުން
އެހިލަފުޅު ބެހެއްޓެވުމުގައި ޝަރަފް ދެއްވުން- ނުވާނަމަ