© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މިރޭ ބީހިލީމާ ތިނޭފަތުގެ ނޭވާ
ރާގު: މުޖޭ ޗޫރަހީހޭ
ޅެން: ޢީސާ ޝަރީފު
މިރޭ ބީހިލީމާ ތި ނޭފަތުގެ ނޭވާ
މިލޭނާރު ފިތިގެން އުތުރެމުން ދަނީއޭ
ތި ނޭފަތުގެ ނޭވާއޭ ބީހެން ފެށިމާ
ހިތާ ލޭގެ ހޫނާ ބަދަލުވާން ފެށީއޭ
ނުވަންޏާ އަސަރުދެން ދުލުން ހާމަ ސީދާ
ޢިޝާރާތްތަކުން ލޯބިވާވަރު ބުނާށޭ
ކުރާނޭ ޢިޝާރާތް މިހިނދު ނޭނގިފާވޭ
މަގޭ ހިތުގެ ޙާލޭމީ ތެޅެނީ ބަލާށޭ
މިރޭ ބީހިލީމާ ތި ނޭފަތުގެ ނޭވާ
މިލޭނާރު ފިތިގެން އުތުރެމުން ދަނީއޭ
ދެމީހުން އެދޭ އަދު މަންޒިލް ކޮބާހޭ
މިތާ ހިތް މިއަންގާ ދަތުރު ވީ ފަށާށޭ
ދަތުރު ނުމެނިމޭނޭ ނުވަނީސް ޔަޤީން މަރު
ނުމޫސުމުގެ އޮއެގާ ބެހެންޏާ ފަށާށޭ
މިރޭ ބީހިލީމާ ތި ނޭފަތުގެ ނޭވާ
މިލޭނާރު ފިތިގެން އުތުރެމުން ދަނީއޭ
ތި ނޭފަތުގެ ނޭވާއޭ ބީހެން ފެށިމާ
ހިތާ ލޭގެ ހޫނާ ބަދަލުވާން ފެށީއޭ