© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މެންދަމެއްގެ އިޙުސާސް
ރާގު: -
ޅެން: އާދަމް ނަސީރު އިބްރާހިމް
ފުރަމެންދަމެއްގެ ހިމޭންކަމާ
ފިނިކަން ވެޔޭ މުޅި ބިންމަތީ
ގުރަޔާ ކޮކާ ކައުނާ ފަޒާ
ނިދިފާވެޔޭ މަޑު ތަންމަތީ
އަހަރެން އޮތީމޭ ނުނިދިފާ
އަހަރެން އަހަންނަށް ނޭނގިފާ
ފަހަށާއި ކުރިއަށް ވިސްނިފާ
މިޙަޔާތުދޭ ރިހުމުގެ މަތީ
ޅަދުވަސް ހިނގައްޖޭ އުދުހިގެން
ހުދު ސާފު ކާފޫރަށްވެގެން
ދެދުވަސް ކަމަށް އިޙުސާސްވެގެން
ކުރެވޭ މިކުރު ދަތުރުގެމަތީ
އައްޔާ އަނދިރިވެސް ނުގުޅެޔޭ
ދެއްޔާ އަނގުރުވެސް އެފަދައޭ
ވެއްޔާ ރަޙުމު ގުޅިފާމިވީ
ކިހިނެއްހެ ސިއްރުން ޤުދުރަތީ
މަށި ފަސްކޮޅެއް ނޫންހޭ މިއީ
ހަށިގަނޑުގެ މީއޭ އަސްލަކީ
ކުށުގައި ހެމުން ކުރިހޯދަނީ
ފުށި ފިނޮޅެކޭ އޮތް ކަނޑުމަތީ
މި އެނދާ މި މަޑު ބާލީސްތަކާ
ކަފުނާ ކޮބާހެ ތަފާތަކީ
މިތަކެތި އަރާމެއް ދޭނެހޭ
މިދެލޯ މެރޭހިނދު މަރުމަތީ
އިވުނޭ ނިދާއެއް ހިތުތެރަށް
އުޑުތަކުމަތިން އައިސް މޭތެރަށް
ލެވިދާ ތަޖައްލީ ވަގުތުގާ
ހުއްޓޭށެގޮސް 'ކުރިފުޅު މަތީ'
ވައިރޯޅިއެއްހެން ނިކުމެގެން
އަހަރެން ދިޔައީމޭ ޝައުޤުގާ
ފާފައިގެ ބަރުތައް ކޮނޑުއަޅާ
ހިތްދަތިކަމާއެކު މަގުމަތީ
ރަޙުމަތުގެ މާތް ދަރުބާރުގާ
ގޮސް ހުއްޓިހުރެ މިޙްރާބުގާ
އަހަރެންގެ ލޯ ތެމިލީ ވަގުތު
ލިބުނޭ އަރާމު ނިހާޔަތީ