© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މަންމާ
ރާގު: ޒަރޫރީ ތާ
ޅެން: ޅެންވެރިޔާ ނޭނގޭ
މަގޭ މިދުލުން ނުކުތް ފުރަތަމަ
ތިއީ ލަފުޒޭ މަގޭ މަންމާ
މަގޭ ފުރަތަމަ އެދުރުގެއަކީ
ތި އުނގަކީއޭ މަގޭ މަންމާ
މަގޭ މަންމާ ތިއީ އުފަލޭ
ތިއީ ލޮލުގާ މިވާ ނޫރޭ
މަގޭ ހިތުގާ ރަޙުމް ކުލުނާ
އުފެއްދީވެސް މަގޭ މަންމާ
މަގޭ މިދުލުން ނުކުތް ފުރަތަމަ
ތިއީ ލަފުޒޭ މަގޭ މަންމާ
ނިދެންދެން ގާތު އޮވެދޭނޭ
މަށަށް ނާނާ ކިޔައިދޭނޭ
ހިނދެއްގާވެސް ދުރަށްދާކަށް
މަނޭދޭނަން މަގޭ މަންމާ
މަށަށް ކުޑަނަމަވިޔަސް އަނިޔާލިބޭ ހިނދުގާ މަ ރުއިނަމަވެސް
މަށަށްވުރެ ބާރުލާ ރޯނީ ޔަގީނުންވެސް މަގޭ މަންމާ
އެދޭ އެދުމާއި ހުވަފެންތައް
އަބަދު ފަހަތަށްމެ ޖައްސާފާ
ތެދޭ އެދުމޭ މަގޭ އިސްވެސް
ކުރާނީ ހަމަ މަގޭ މަންމާ
މަގޭ މިދުލުން ނުކުތް ފުރަތަމަ
ތިއީ ލަފުޒޭ މަގޭ މަންމާ
މަ ޙައިރާންވޭ މަގޭ މިތުރުން
ބަލާލާފާ ރަނގަޅު ނޫންކަން
އެހާ އަވަހަށް ބުނަން އެގޮތަށް
އެނގޭތީވެސް މަގޭ މަންމާ
ތަނާ ވަގުތާ ބަދަލުވެދިޔަސް އެ ލޯތްބަށް ބަދަލު ނާންނާނޭ
ރަނާ ރިއްސަށްވުރެން އަގުބޮޑު އެ ލޯތްބޭވީ މަގޭ މަންމާ
ނުވެސް ސިފަވޭ މިދުނިޔެ މަށަށް
ނުވާނަމަ ލޯބިވާ މަންމާ
މަވެސް އެދެނީ ވުމޭ އެކުގާ
އެ ޖަންނަތުގާ މަގޭ މަންމާ
މަގޭ މިދުލުން ނުކުތް ފުރަތަމަ
ތިއީ ލަފުޒޭ މަގޭ މަންމާ
މަގޭ ފުރަތަމަ އެދުރުގެއަކީ
ތި އުނގަކީއޭ މަގޭ މަންމާ
މަގޭ މަންމާ ތިއީ އުފަލޭ
ތިއީ ލޮލުގާ މިވާ ނޫރޭ
މަގޭ ހިތުގާ ރަޙުމް ކުލުނާ
އުފެއްދީވެސް މަގޭ މަންމާ
މަގޭ މިދުލުން ނުކުތް ފުރަތަމަ
ތިއީ ލަފުޒޭ މަގޭ މަންމާ