ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަކާރިމް އިތުރުހާ

ރާގު: މުޖޭ ތުމް ނަޒަރްސޭ

ޅެން: ޅެންވެރިޔާ ނޭނގޭ

މަކާރިމް އިތުރުހާ މިދޭހުން ވިދާލާ
މަޙާސިމްގެ ތިޔައޭ ނަމޫނާ އުޖާލާ
މަކާރިމް އިތުރުހާ މިދޭހުން ވިދާލާ
މަޙާސިމްގެ ތިޔައޭ ނަމޫނާ އުޖާލާ
މަކާރިމް އިތުރުހާ ...

ޒަމާނުގެ އެ ދޫތައް މަޖާތައް ނެރޭއިރު
ނަށާ ޖަހިލީގޮތްމަތީ ލަވަކިޔާއިރު
ނަށާ ޖަހިލީގޮތްމަތީ ލަވަކިޔާއިރު
އަހާ ދަންނަވައިގެން ޒުވާނުން އެދޭއިރު
ވަނީ ދުރުގައޭ މާ ފިކުރު ސާފުސީދާ
އެ ޠާހިރު ޝަބާބީ ޟަމީރާ ޚިޔާލާ
މަކާރިމް އިތުރުހާ ...

ޙަޔާތުގެ މުޞީބާތްތަކަށް ކެތްކުރެއްވީ
ޙަޔާތަށްޓަކާ ދުރަށް މަސައްކަތް ކުރެއްވީ
ޙަޔާތަށްޓަކާ ދުރަށް މަސައްކަތް ކުރެއްވީ
ޙަޞީލަތްތަކުން މީސްތަކުން ހިތް އުފާވާ
ރިސާލަތުގެ ދައުރާ ޖެހެންދެން އެ ޤައުމޭ
މިސާލެއް އެފަދަނެތް ކަމަށްްވީ ހޮވާލާ
މަކާރިމް އިތުރުހާ ...

ނިދާޔަށް އިލާހީ ސަމާލުވެވަޑައިގެން
ޖިހާދަށް އެވަޤުތުން ޢަމަލު ފައްޓަވައިގެން
ޖިހާދަށް އެވަޤުތުން ޢަމަލު ފައްޓަވައިގެން
ނުރައްކާތަކާ ބިރުތަކުން ރެކިވަޑައިގެން
ފުރާހަމަކުރެއްވީ ބަލާޣުގެ މިދީނީ
އަރާހުރި ދެދުނިޔޭން އަމާނާތް ރަސޫލާ
މަކާރިމް އިތުރުހާ މިދޭހުން ވިދާލާ
މަޙާސިމްގެ ތިޔައޭ ނަމޫނާ އުޖާލާ
މަކާރިމް އިތުރުހާ ...