ލޯބިވާ މަންމާ މަގޭ

ރާގު: އޭ ޚުދާ ހަރް ފޭސްލާ ތޭރާ މުޖޭ މަންޒޫރްހޭ

ލޯބިވާ މަންމާ މަގޭ ކިޔަމަންވެގެން ހުންނާނަމޭ
ދާއިމީ އުފަލާއެކީ ޚިދުމަތް ކުރަން ހުންނާނަމޭ
ލޯބިވާ މަންމާ މަގޭ ކިޔަމަންވެގެން ހުންނާނަމޭ
ދާއިމީ އުފަލާއެކީ ޚިދުމަތް ކުރަން ހުންނާނަމޭ
މަންމާ.. އާނ އާ

ރޭދުވާ ތަކުރާރުކޮށް ދިންހާނަފާ ބުނެވޭނެހޭ؟
ހޭދަވީ ހުރިހާ ވަގުތު އަގުކޮށް ދެވެން އޮންނާނެހޭ؟
މަންމާ.. އާނ އާ
ވިސްނަނީއޭ ކިހިނަކުންހޭ ތިޔަބަދަލު ދެވިދާނެހޭ؟
ދާއިމީ އުފަލާއެކީ ޚިދުމަތްކުރަން ހުންނާނަމޭ
މަންމާ... އާނ އާ

އެންމެ ފަހަރުކުވެސް ހަނދާން ނުނެތޭނެޔޭ މަންމާ މަގޭ
ޚިޔާލުގައި އަބަދަށް ވަނީ ތިޔަ ލޯބިވެތި ފިރުމުންތަކޭ
މަންމާ.. އާނ އާ
ހިތްމަގޭ ތިޔަ ރޯޝަނީ ނޫރަށް މުޅިން ޤުރްބާން ވެޔޭ
ދާއިމީ އުފަލާއެކީ ޚިދުމަތްކުރަން ހުންނާނަމޭ
ލޯބިވާ މަންމާ މަގޭ ކިޔަމަންވެގެން ހުންނާނަމޭ
ދާއިމީ އުފަލާ އެކީ ޚިދުމަތްކުރަން ހުންނާނަމޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު