© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަރުނައިން ދެލޯ މި ފުރެނީ
ރާގު: -
ޅެން: ފާތިމަތު ސަޢީދު
ޔާ އިލާހީ އައްސަވާންދޭ
ހާދަ ނިކަމެތި ވެއްޖެޔޭ
ހަޝްރަތުން އެދި ވާގި ކުރެވޭ
މީ ދުއާ ޔާ އިލާހް
ކަރުނައިން ދެލޯ މިފުރެނީ
ފެތުރޭ މިވަބާގެ ސަބަބުން
ފަރުވާ ނުހޯދި އެދަނީ ، އިންސާނުން ވަކިވެ ދުނިޔެއިން
މުޅި ދުނިޔެ ހަފުސު ކޮށްލީ އާރާއި ބާރު ދެރަކޮށް
މުޅި ކައުނު ކިލަނބު ކޮށްލީ ޒައްރާ އެކޭ ނުފެނި އައިސް
ގޮތް ހުސްވީ ބޭސްވެރިންނަށް
ދުނިޔޭގެ މޮޅު ހަކީމުން
ކަރުނައިން ދެލޯ މިފުރެނީ
ފެތުރޭ މިވަބާގެ ސަބަބުން
ފަރުވާ ނުހޯދި އެދަނީ ، އިންސާނުން ވަކިވެ ދުނިޔެއިން
އިރުސާދުތައް އަހައިގެން އެންމެން ދުއާ ކުރަންވީ
ދިރުމާއި މިބިން ސަލާމަތް ވޭތޯ ސަޖިދަ ކުރަންވީ
ލައްވާންދޭ ޔާ އިލާހީ
ލައްވާންދޭ ޔާ އިލާހީ
މި ދުނިޔެ އަމާން ތަނެއްގައި
ކަރުނައިން ދެލޯ މިފުރެނީ
ފެތުރޭ މިވަބާގެ ސަބަބުން
ފަރުވާ ނުހޯދި އެދަނީ ، އިންސާނުން ވަކިވެ ދުނިޔެއިން
ބަންގީގެ އަޑު އިވުނަކަސް މަޖުބޫރު އަދު ވެފައިވީ
ގޭގައި ނަމާދު ކުރުމަށް ހިތްދަތި ކަމާއި އެކީގައި
ހޭލެއްވީ ދުނިޔެ އެހެނަސް
މި ވަބާ ކޮވިޑް ނަވާރައިން
ކަރުނައިން ދެލޯ މިފުރެނީ
ފެތުރޭ މިވަބާގެ ސަބަބުން
ފަރުވާ ނުހޯދި އެދަނީ ، އިންސާނުން ވަކިވެ ދުނިޔެއިން