ކަރުނަ ނާދޭހެ ލޯބި ބީވީމާ

ރާގު: މުޖްސެ ނާރާޒްހޯ ތޮ ހޯޖާއޯ

ކަރުނަ ނާދޭހެ ލޯބި ބީވީމާ ކަރުނަ ނާދޭހެ ލޯބި ބީވީމާ މަރުވެދާންދެން ނުދޭ ހިތާމަ ފިލާ ނަފުރަތުން ރީތި މޫނު ފޯވާނޭ ސާފު ހިތުގާ ޒަޚަމް ފުރާ ނުވޭހޭ ކަރުނަ ނާދޭހެ ލޯބި ބީވީމާ މަރުވެދާންދެން ނުދޭ ހިތާމަ ފިލާ ކަރުނަ ނާދޭހެ ލޯބި ބީވީމާ ވަޢުދުވީމޭ ޔަޤީންކާމާއި އެކީ ވަޢުދުވީމޭ ޔަޤީންކާމާއި އެކީ އަޙުދު ވަޢުދުން މިހިތް ޖަރީ ކުރުވާ ދައުރުވާ ލޭ ހިތޭ ތިއީ ބުނުވާ އަރިހުގާ ރޭދުވާ އެކީ ގުނުވާ ތެދުހިތުން ވީ ވަފާ މިތާ ފޮރުވާ ތެދުހިތުން ވީ ވަފާ މިތާ ފޮރުވާ ފުން އަސަރު ހޯދި ބޭވަފާ ގެނުވާ ކަރުނަ ނާދޭހެ ލޯބި ބީވީމާ ދޭށެ އިތުބާރު ވީ ހިތަށް ދުނިޔޭން ދޭށެ އިތުބާރު ވީ ހިތަށް ދުނިޔޭން ޖާނު ނިމިދާނެޔޭ ތިދޭ އަނީޔާއިން ކަރުނަ ފުހެދިން ހަނދާން ކަލާ ވޭހޭ ދިން ޒަހަރު ލޯބިމީ ފުރާނާވޭ އަރުގަ ނުފިލާ ހިތާމާ މީބާއޭ އަރުގަ ނުފިލާ ހިތާމާ މީބާއޭ ލޯމަރާލީ މި ދާނުގާ މަރަށޭ ކަރުނަ ނާދޭހެ ލޯބި ބީވީމާ މަރުވެދާންދެން ނުދޭ ހިތާމަ ފިލާ ނަފުރަތުން ރީތި މޫނު ފޯވާނޭ ސާފު ހިތުގާ ޒަޚަމް ފުރާ ނުވޭހޭ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.