ކަނބިއްޔާ

ރާގު: އަމިއްލަ

ކަބިއްޔާ ކަބިއްޔަށޭ މަމިގޮވަނީ
ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ

މަގޫ ދަނޑުގަ ނިދާނޭ
ކަނޑޫފަލުގަ ހިނގާަނޭ
މަގުން ހިނގާ ދެކޮޅުބަލާ
ހޮވާކަމުން ދާނޭ

ކަބިއްޔާ ކަބިއްޔަށޭ މަމިގޮވަނީ
ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ

ދުނގެތިވަލުން އުދުހިފާ
ކަނދޮޅު ފަލަށް ތިރިކުރާ
ތިހަނޑަވެލުގެ މަތިން އުދުހި
މިރިހި ވަލަށް ދާނޭ

ކަބިއްޔާ ކަބިއްޔަށޭ މަމިގޮވަނީ
ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ

ހޯދިގަހުން މައިނަގާ
ފޯރިނަގާ ވާންޖަހާ
ރޯދިލިބުނު ތަންވަޅުން
ލޯބި އެނގުނު ދޫވުމުން

ކަބިއްޔާ ކަބިއްޔަށޭ މަމިގޮވަނީ
ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ

ރޯނެ ވަލުން ކުދި ފިޔޮށް
ބޮނެ ފެނެއް ނުލިބުމުން
ހޯދިފަހުން ނުފެނުމުން
ރޯނެ ވަލުގަ ހިމަ އަޑުން

ކަބިއްޔާ ކަބިއްޔަށޭ މަމިގޮވަނީ
ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު