© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަލާ ފެނުނީމާ
ރާގު: -
ޅެން: މައުސޫމް ޝާކިރު
ކަލާ ފެނުނީމާ ސަމާސާ ކުރެވޭ ހީލާތީ
ގާތުގާ ލޯބިން ހުރޭތޯ އެދެމޭ ހީލާތީ
އުދުހިލާ ރީތި ކޮކާ ގައިމޭ ކަލާ ހޯދާނޭ
އުޑުގަވާ ތަރިތައް ރީތި ދެލޯ ހޯދާނޭ
ހާދަހާ ޗާލޭ ބުނާނޭ ފެނިފާ ހީލާތީ
ގާތުގާ ލޯބިން ހުރޭތޯ އެދެމޭ ހީލާތީ
އެކިއެކި ރާގުގާ ލޯބީގެ ޣަޒަލުތައް އިއްވަން
އެކަމަކު ގާތުގާ ވާ ލޯބި ނުބުނެވޭތީ ރޮން
ޙާލު ބުނެދޭހިތް ވަނީއޭ ފެނިފާ ހީލާތީ
ގާތުގާ ލޯބިން ހުރޭތޯ އެދެމޭ ހީލާތީ
ޤުދުރަތީ ރީތިކަން ލިބިފާވި މިސާލޭ ތިޔައީ
ފޮރުވިފާވާ ހިތޭ ތަޢުރީފު ކަލާޔަށް ކުރަނީ
އެހީއަށް އެދި ހިތް ރޮނީއޭ ފެނިފާ ހީލާތީ
ގާތުގާ ލޯބިން ހުރޭތޯ އެދެމޭ ހީލާތީ
ކަލާ ފެނުނީމާ ސަމާސާ ކުރެވޭ ހީލާތީ
ގާތުގާ ލޯބިން ހުރޭތޯ އެދެމޭ ހީލާތީ