© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރު ނެތީ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރުނެތީ
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރުނެތީ
އަންނަ އޭނާގެ ޚަބަރު ވައިގެ ތެރޭގާ ވާތީ
އެންމެ ނާރެއްމެ ނުދެކެމޭ އެ ހިމޭނުންވާތީ
އޯ.... އޯ ...... އޯ .......
ރޫޙު ފޮޅިދާން ފެށީ
ރޫހު ފޮޅިދާންފެށީ ނޭވާގެ ކޮޅަކު ބާރުނެތީ
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރުނެތީ
މަސްތުގާ ސޫރަ އެ ދެކިލާށެ ހިނގުންވީ ބޮސްދީ
އޭގެ ޖަޒުބާތު ފެނޭތޯއެ ބަލަންވީ ލޯދީ
ހޯ..... ހޯ...... ހޯ........
މޭ މި ތެޅިދާން ފެށީ
މޭ މި ތެޅިދާންފެށީ ވާނޭ މި ކެތަކު ބާރުނެތި
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރުނެތީ
އަތްއަތާ ނޯޅި ސަލާން ކޮށްލަދެނިވި ރޭތާއޭ
އަތްމަތީ ހިތްމި ނިދާލާނެ އެފިނި ރޭތާއޭ
އޯ...... އޯ....... އޯ.......
ހާދަ އުފަލޭ ބުނޭ
ހާދަ އުފަލޭ ބުނެ އިއްވާނެ ދުލަކު ބާރުނެތީ
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރުނެތީ