ޖެހިލުންވެ މޭ ތެޅޭ ގޮތްވޭ ގައިބާރު ދޫވެ ދާ ގޮތް ވޭ މާކައިރި ވާގޮތްވެ ސީދާ ލޮލާލޯ ވެލީމާ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ ހިތް މޭތެރޭ ފިތެން އުޅޭ ލޭ ދައުރުވުން ތެދޭ ނުވޭ މާކައިރި ވާގޮތްވެ ސީދާ ލޮލާލޯ ވެލީމާ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ ތުނިތުނި ފަތިހަށި ހެދިހުރި އިސްކޮޅު ލިބިހުރި ހުރު ޕަރީއޭ ފިނިފެން ޖަންބެކެ ނިޔަނެތި މުނެކެ ރިވެތި ޗާލު މަލާއޭ ފެނިފާ އާގަމަ ވެވެނީއޭ ހަމަ ކުޅަދުންވަންތަ ކަމާއޭ ފެނެޔޭ ކުޅުތިކި ދާއިރު ވަކިވަކި އަލިގަދަ ހުޅެވި ހަނދާއޭ ތިޔައޭ އެދޭ އަރާމަކީ ހޯދަން އެދޭ ނަސީބަކީ ޔާރާގެ މަސްތީ ނަޒަރު ފެންނަ އިހުސާސް ވީމާ ހާދަހާ ލޯބިވޭ ވާހިތުން ލޯބިވޭ ވާހިތުން ލޯބިވޭ ހިއްސު ތަކާ ކުޅެ ނޭނގި ހިތާ ތޮޅެ އެދި ހުރި ގޮތް ދޭންވީބާ އަބަދު ޚުޝާމަދު ނޭގި ކުރާ ހިނދު މިހިތުގެ ހާލު އެނގޭބާ ދިރިހުރިހާ ހިނދު ހިތުގެ މަގާސިދު އޮތްގޮތްވެސް އެގެނީބާ ދޭނަމޭ ލައްޒަތު އެދިހުރި ރާހަތު ތެދުވެރި ލޯބި ވަނީބާ ޖާނާ ފުރާނަ ދޭނަމޭ ޔާރާގެ ލޯބި ބޭނުމޭ ދޭށޭ ހިފާ މީރު ލޯބީގެ މޭވާ ދިނީމާ ހާދަހާ ލޯބިވޭ ވާހިތުން ލޯބިވޭ ވާހިތުން ލޯބިވޭ ޖެހިލުންވެ މޭ ތެޅޭ ގޮތްވޭ ގައިބާރު ދޫވެ ދާ ގޮތް ވޭ މާކައިރި ވާގޮތްވެ ސީދާ ލޮލާލޯ ވެލީމާ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ ހާދަހާ ލޯބިވޭ

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.