© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޖާޒުބި އަސަރު
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ޖާޒުބި އަސަރު ގަދަ ފަރި
ނަޔާ މަލުގެ ރާނީ
ޖާނުދި މިހާރުގޮސް
މަޑުމަޑުންނެ ބިނދެލާނީ
އެދެމޭ ތިޔަ ގުލަޒާރުގާ ފަރުވާއަކަށް
ތެދެކޭ ލިބުމަށް ހިނދުކޮޅެއްގެ ޝިފާއަކަށް
ނިޔަނެތި ތިޔަ ފަރިމަލުގެ ލޯބި ލާސާނީ
ޖާނުދި މިހާރުގޮސް
މަޑުމަޑުންނެ ބިނދެލާނީ
ވެދުމާއި ސަލާމާއެކީ ފޮނުވާލަނީ
އެކުވެރިވެވި ލޯބީގެ ނަރު ގުޅުވާލަނީ
އެދުމުގެ އަބަދާ އަބަދުގާ މަ ހުނަނާނީ
ޖާނުދި މިހާރުގޮސް
މަޑުމަޑުންނެ ބިނދެލާނީ
އަހުރެން މި ކިޔާހާ ސަނާ ތަޢުރީފަކީ
ރަޙުމަތް އެދެމުން ތާއަބަދުގެ ދުޢާ އަކީ
މަޙުޝަރު ބިމުގާ އަހުރެނާއި އެކު ވާނީ
ޖާނުދި މިހާރުގޮސް
މަޑުމަޑުންނެ ބިނދެލާނީ