އިސްނަގާ ހިނގާދާން ފާޅުގައި ދަރީންނޭ މުސްލިމެއްގެ ގޮތުގައި ފަޙުރު ވެރި ވެލާން ދިންނަވާނެ މަގުގައި ހިއްވަރާ އެކީގައި ދެންފަހަށް ނުޖެހި ތިބެ ކުރިއަރަން ހިނގާ އޭ ދަރިންނޭ ނިކަން ބާރުލާ މާތްވި އިސްލާމްދީނަށް ޓަކައި ހޭއަރާވިސްނާށޭ ތިބާ ލޯބިވާ ފުރާނަ އަންދާނުލާ ދާށެ ކެއްތެރިވި ބަތަލުން ފަދައިން ވާށެ ޖާނާ މާލުން ފިދާ ދާށެ އަޒުމާ އުންމީދުގައި ވާށެ ސާބިތުވެ މައިދާނުގައި …..އިސްނަގާ ހިނގާދާން ކާފިރުންގެ ހިތްތަކަށް ޒަލްޒަލާ ގެނުވިޔޭ ބަދުރު ހަނގުރާމައިން ދާހިތުން އުހުދު ހަނގުރާމަޔަށް ދިޔައެ މާތް ޝަރަފު ލިބިގަތުމަށޭ ވޭ ހަނދާނާއި ތާރީޙުގައި މާތް ރަސޫލާ ގެ ގަދަފަދަ އަޒުމް ދެއްވި ޤުރުބނީ ތައް އެތާ މާތް ޞަހާބީންނާ ތާބިޢީން …..އިސްނަގާ ހިނގާދާން ލޭ ކެކޭގޮތް މަށަށް ވޭ އިންގޭ ފޯރި ގަދަ ހަނގުރާމަތަކުން ލޯ ކަރުނައިން ފުރިގެން ދެޔޭ ލޯމަތިން ފެންނަ ހެންހީވޭޔޭ އޭ މަގޭ ވެރި ރައްބުލް އުލާ ކުރަމެ މިއަޅާ އެދިއެދި ދުޢާ ދެއްވަވާންދޭ މަތި ވެރި ޝަރަފް ދެއްވި ފަދައިން ކުރިން އުންމަތަށް އިސްނަގާ ހިނގާދާން ފާޅުގައި ދަރީންނޭ މުސްލިމެއްގެ ގޮތުގައި ފަޙުރު ވެރި ވެލާން ދިންނަވާނެ މަގުގައި ހިއްވަރާ އެކީގައި ދެންފަހަށް ނުޖެހި ތިބެ ކުރިއަރަން ހިނގާ ކާބަފައިން ކުރި ޖިހާދޭ އިންގޭ ، ދީންހިމާޔަތް ކުރުމަށްޓަކާ ކާބަފައިން އޮހޮރި ލޭފަސްގަނޑަށް ދިވެހި ފަސްގަނޑުގެ ޝަރަފަށްޓަކާ ދިވެހިރާއްޖޭގެ ދީނޭ މިއީ ، ދިވެހިރައްޔިތެއްގެ އަޒުމޭމިއީ ދިވެހި އަޑަކުން ގޮވާ އިއްވަމޭ ، ދިވެހި އުއްމަތް ސަލާމަތް ކުރޭ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.