އިޤުރާރު ކޮބާހޭ

ރާގު: އަމިއްލަ

އިޤުރާރު ކޮބާހޭ ވީ އެކިރޭ
އެކި ދަންވަރުގާ އެކި ހިޔަނީގާ
އިޤުރާރު ކޮބާހޭ ވީ އެކިރޭ
ހމމ ހމމ ހމމ
އެދެނީ އެދެނީ ބައްދަލުވެލުމޭ
އެކި ހަނދުވަރުގާ އެކި ހިޔަނީގާ
އިޤުރާރު ކޮބާހޭ ވީ އެކިރޭ

ބަދަލެއް މަ ނުވާނަމެ ބުނެފާދެން
ޚަބަރެއް ހިލަމެއް ނެތުނީ ކީތްހޭ
އާނނނނ އާނނނނ
ބަދަލެއް މަ ނުވާނަމެ ބުނެފާދެން
ޚަބަރެއް ހިލަމެއް ނެތުނީ ކީތްހޭ
ދަތުރެއްގެ ތެރޭގާ މަޖުބޫރޭ
ރުހުމާ ދެކޮޅަށްވެސް ދާން ޖެހުނީ
ރުހުމާ ދެކޮޅަށްވެސް ދާން ޖެހުނީ
އިޤުރާރު ކޮބާހޭ ވީ އެކިރޭ

މަޙުރޫމު ވުމެއް ހަމަ ނޭދޭނަން
ޔާރާއޭ ރޫޙާ ވިންދާއޭ
އާނނނ އާނނނނ
މަޙުރޫމު ވުމެއް ހަމަ ނޭދޭނަން
ޔާރާއޭ ރޫޙާ ވިންދާއޭ
ޙާލަތު އެހެން ވިޔަކަސް ގައިމޭ
މިހިރީ ދުނިޔެއިން އެކުގާވާށޭ
މިހިރީ ދުނިޔެއިން އެކުގާވާށޭ
އިޤުރާރު ކޮބާހޭ ވީ އެކިރޭ
އެކި ދަންވަރުގާ އެކި ހިޔަނީގާ
އެދެނީ އެދެނީ ބައްދަލުވެލުމޭ
އެކި ހަނދުވަރުގާ އެކި ހިޔަނީގާ
އިޤުރާރު ކޮބާހޭ ވީ އެކިރޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު