އިންތިޒާރުގެ ގިޓާ ހިތުތެރޭގާ ތިންހަތަރު ރާގު ކުޅެޔޭ އެކީގާ ވިންދުތައް އެބަ ނަށާ އަރިކަށީގާ ދޮންލުނބޯފުޅު ވަނީ ބޮލުތެރޭގާ ކޮންމެ ހިއްސެއްގެ އެކި ދިހަ މަތީގާ ފުން ހަނދާންތައް ރޮނީ ބުރިކަށީގާ ކުއްޖަކަށް ނަންކިޔަން ކެއްކިޔަސް ތިޔަ ނަމޭ ހަމަ ހިތަށް އަންނަނީ ލޭބަރަކު ގެއްލިގެން ހޯދިޔަސް ތިޔަ ނަމޭ ހިތުތެރޭ އެނބުރެނީ ތިޔަ ހަނދާނުން ހަނާވެއްޖެ މޭގަނޑު ޅިޔަ އަޅާ ޒަޚަމްކޮށް ހިތް އެކީގާ ކާށިކިބައެއް ލޮލަށް ފެނިލިޔަސް ތިޔަ ލޮލޭ ހަމަ ހިތަށް ފެންނަނީ ގުޑުގުޑާއެއްގެ އަޑު އިވިލިޔަސް ތިޔަ އަޑޭ ކަންފަތަށް ހީވަނީ ތާށިވެއްޖޭ ޅަގޮނޑި ޖެހި މި ކޮޅިގަނޑު އާހުގާ ގިސްލެވޭ މާނިދީގާ މާމަ ގެންގުޅުނު ހުނިގޮނޑި ބަލަން ކޮންމެ ދުވަހަކު މަ އެގެއަށް ދަމޭ ޗާލު ތިޔަ ހަށިގަނޑާ އެއްގޮތޭ އޭގެ ކިއްސަރު އިނގޭ ބުނެދެމޭ ޙަލު ހުރިގޮތް މިއޭ މިހިނދު އަޅުގަނޑު ފާލު ނެއްޓިއްޖެޔޭ ޖެހި ލަކީގާ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.